ޚަބަރު ސަރުކާރު

ސްޓޫޑަންޓް ލޯނު ދައްކަން ޖެހޭ މުއްދަތު 20 އަހަރަށް އިތުރުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ސްޓޫޑެންޓް ލޯނު، ރީސްޓްރަކްޗާކޮށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެެވެ.

Ads by MWSC

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޞާލިޙް ވިދާޅުވީ، މިހާތަނަށް 1986 ދަރިވަރަކަށް ސްޓޫޑަންޓް ލޯނުގެ ފުރުސަތު ދީފައިވާ ކަމަށެވެ.

އަދި އެ ލޯނުތަކުގެ ތަކުލީފު ކުޑަކުރުމަށްޓަކާ ސްޓޫޑަންޓް ލޯނު ސަރުކާރުން ރީ-ސްޓަރަކްޗާ ކޮށްފައިވާ ކަމަށާއި “ކުރިން ފަސް ޕަސަންޓުގައި ހުރި އިދާރީ ފީ އެއް ޕަސަންޓަށް ކުޑަކޮށްފިން” ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން ލޯނު އަނބުރާ ދައްކަން އޮންނަ މުއްދަތު 25 ޕަސަންޓަށް އިތުރުކޮށްފައިވާ ކަމަށާއި ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން، ލޯނު އަނބުރާ ދެއްކުން ޑިސެމްބަރު 2020ގެ ނިޔަލަށް ފަސްކޮށްދީފައިވާ ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޒުވާނަކަށް ބޭނުންވާ ތައުލީމާ ތަރުބިއްޔަތު ދިނުމަށްވުރެ ބޮޑު އިންވެސްޓްމެންޓެއް ގައުމަކުން ނުކުރާނެ ކަމަށާއި ބިނާކުރަނިވި އާ ޖީލެއް އުފެއްދުމަށްޓަކާ އެޅުނު އެންމެ މުހިންމު އެއް ބިންގަލަކީ ހިލޭ ޑިގްރީ ޕްރޮގްރާމް ފެށުން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެެވެ.

ހިލޭ ޑިގްރީ ޕްރޮގްރާމްގައި މިހައިތަނަށް 16،000އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާ ކަމަށާއި އޭގެ ތެރެއިން 6،500 ދަރިވަރުން ކޯސް ނިންމައި ދަސްވެނިވެފައިވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެެވެ.

ރައީސް ވިދާޅުވީ އަންނަ މާރިޗު މަހު ރާއްޖޭގެ ޔުނިވަރސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަށްވެސް ހެޔޮ ބަދަލު އަންނާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!