Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ބްރޯޑްކޮމްއަށް އައްޔަނު ކުރެއްވުމަށް ފަސް ނަމެއް ފޮނުއްވައިފި

ބްރޯޑްކޮމްއަށް އައްޔަނު ކުރެއްވުމަށް ފަސް ނަމެއް ފޮނުއްވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ހުސްވެފައިވާ މެމްބަރުގެ މަޤާމަށް އައްޔަން ކުރުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ފަސް ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ބްރޯޑްކޮމްއަށް އައްޔަންކުރަން ނިންމީ މިދިޔަ މަހު އަށްވަނަ ދުވަހު އެ ކޮމިޝަންގެ މެންބަރު އަޙުމަދު ގައިސް އިސްތިއުފާ ދެއްވުމުންނެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ރައީސް ޞާލިޙު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަން ކުރުމަށްޓަކައި އާންމުކޮށް އިޢުލާން ކުރުމުން ކުރިމަތިލި މީހުންގެ ތެރެއިން އެ މަނިކުފާނު އިސްކަން ދެއްވާ ތަރުތީބުން ނަންތައް މަޖިލީހަށް ފޮނުއްވާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ރައީސް ފޮނުއްވި ލިސްޓުގައި ވަނީ، އައްޑޫ ފޭދޫ ބޯގަންވިލާ، މަރިޔަމް މުނާ އާއި ހއ. ހޯރަފުށީ ރިވޯޑް އައިމިނަތު ނުޒުހާ އާއި ރިވޯޑް، ވ. ރޯޝަން ހުސެއިން ޢަމްރު އާއި ދ. ކުޑަހުވަދޫ ފިނިވާދީ ޝާން ސޯލިހު މުޙައްމަދުގެ އިތުރުން ގދ. ތިނަދޫ މުޝްތަރީގޭ މަރިޔަމް ނަރީމާން ޝަރީފެވެ.

މިއަދުގެ ޖަލްސާފައި ވަނީ މި ނަންތައް ދިރާސާކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމީޓީއަށް ފޮނުވަން ނިންމައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް