Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
މެދުއިރުމަތި

ސަލާމަތަށްއެދި މައިންބަފައިން ގޮވާ އަޑު އިމާރާތްތުގެ ދަށުން އިވޭ، ދަރިފުޅުގެ ހިތް ދިޔައީ ފަޅައިގެން

ސަލާމަތަށްއެދި މައިންބަފައިން ގޮވާ އަޑު އިމާރާތްތުގެ ދަށުން އިވޭ، ދަރިފުޅުގެ ހިތް ދިޔައީ ފަޅައިގެން

ތުރުކީއަށް ހޯމަ ދުވަހު އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށްދާއިރު ދިރިތިބި މީހުން އަދިވެސް ދަނީ ފެންނަމުންނެވެ. އަދި އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށް އެތަކެއް ގޮންޖެހުންތަކަކާއި ކުރިމަތި ވެފައިވާއިރު ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައިވާ އާއިލާ މީހުން ސަލާމަތް ކުރުމަށް އެންމެންވެސް ދަނީ މަސައްކަތްކުރަމުންނެވެ.

ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މައިންބަފައިން ހޯދުމަށް މަސައްކަތްކުރަމުން ދިޔަ ޑެނިސް ބުނެފައިވާ ގޮތުން އޭނާގެ މައިންބަފައިން ސަލާމަތަށް އެދި ގޮވާ އަޑު އިވުނު ނަމަވެސް ސަލާމަތް ކުރެވޭނެ ގޮތެއް އަދިވެސް ނެތެވެ.

"އަހަންނަށް އަޑު އިވޭ. އެމީހުން ގޮވާ އަޑު، އަހަރުމެން ސަލާމަތް ކުރާށޭ އަހަރުމެން ސަލާމަތް ކުރާށޭ. އެކަމަކު އަހަރެންނަށް އެމީހުން ސަލާމަތް ކުރެވޭނެ ގޮތެއް ނެތް." ރޮމުން ރޮމުން ޑެނިސް ބުންޏެވެ.

Advertisement
Ooredoo — Truecaller (box)

https://www.tiktok.com/@c4news/video/7197508174637747461?_t=8ZlSxEKklIQ&_r=1

ބިންހެލުމުގެ މި ކާރިސާއަށް ހަތަރު ދުވަސް ފަހުން ފިނިގަދަ މޫސުމުގެ ތެރޭގައި ތުއްތު ކުއްޖަކު ސަލާމަތްކޮށްފައިވާއިރު އިތުރު އެތައް ބަޔަކު ހޯދުމުގެ އުއްމީދު ދަނީ ކުޑަވަމުންނެވެ. ބާރުގަދަ މި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 22000 ފަހަނައަޅައި ގޮސްފައެވެ. އެހެންނަމަވެސް މިއަދުވެސް ވަނީ އިމާރާތްތަކުގެ ދަށުން އުމުރުން 10 ދުވަސްވީ ތުއްތުކުއްޖަކު ސަލާމަތްކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް