Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ތުރުކީ ބިންހެލުން: ދިވެހިންގެ ފަރާތުން އެހީގެ ގޮތުގައި މިހާތަނަށް 3.2 މިލިއަން ރުފިޔާ

ތުރުކީ ބިންހެލުން: ދިވެހިންގެ ފަރާތުން އެހީގެ ގޮތުގައި މިހާތަނަށް 3.2 މިލިއަން ރުފިޔާ

ތުރުކީ އާއި ސީރިޔާއަށް އައި ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ރާއްޖެ އިން އެހީގެ ގޮތުގައި ޖުމްލަ 3.2 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)އިން ބުނެފިއެވެ.

އޮންލައިން ނޫހަކަށް މަޢުލޫމާތު ދެމުން އައިއޭސީން ބުނީ އެ ޖަމްއިއްޔާއިން ހުޅުވާލި ފުރުސަތުގައި މިހާތަނަށް 2.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެެވެ. އަދި ރެޑް ކްރެސެންޓަށް 438،000 ރުފިޔާ ލިބިފައިވާ ކަމަށެވެ.

ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ތުރުކީ އާއި ސީރިއާއަށް ދާދި ފަހުން އައި ބިންހެލުމަކީ ފަހުގެ ތާރީޙެއްގައި ކުރިމަތިވި އެންމެ ނުރައްކާތެރި ހާދިސާއެވެ. 7.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުމާ އެކު އެތައް ފަހަރެއްގެ މަތިން އާފްޓާ ޝޮކްތަކެއް އައިސްފައިވެއެވެ.

Advertisement
HDC — Sidebar (box)

ތުރުކީން މަރުވެފައިވާ މީހުންގެ ޢަދަދު 22,000 އަށްވުރެ ގިނައެެވެ. ސީރިޔާގައި މަރުވި މީހުންގެ ޢަދަދު ވަނީ 4،000 އަށްވުރެ އިތުރުވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް