ދުނިޔެ

މަރިޔަމްގެ އާދޭސް: އަހަރެންނާއި ކޮއްކޮ ސަލާމަތްކޮށްދީ، އޭރުން އަޅަކަށް ވެސް ވެދާނަން

ރައުފާ ރަޝީދު ، ދެން އޮންލައިން

ތުރުކީއާއި ސީރިޔާއަށް މިމަހުގެ 6ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުމުގައި އިމާރާތްތަކުގެ ދަށުގައި ތާށިވެފައި އޮތް މަރިޔަމް އާއި އޭނާގެ ކޮއްކޮ އީލާފްގެ ވީޑިއޯއެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

Ads by Sosun Fihaara

އިމާރާރްތަކުގެ ދަށުގައި ތާށިވެފައިތިބިތާ 36 ގަޑިއިރު ފަހުން ރެސްކިއު ޓީމުން ވަނީ އެ ދެބޭން ސަލާމަތްކޮށްފައެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ހަތް އަހަރުގެ މަރިޔަމް އޮތީ އޭނާގެ ކޮއްކޮ އީލާފްގެ ބޮލުގައި އަތް އަޅައިގެން ކޮއްކޮ ރައްކާތެރިކޮށްގެންނެވެ.

ރެސްކިއު ޓީމްތަކުން އޭނާ ސަލާމަތް ކުރަން ދިޔުމުން “އަހަރެންނާއި ކޮއްކޮ ސަލާމަތްކޮށްދީ، ކޮންމެ ކަމެއްވެސް ކޮށްދީފާނަން”މަރިޔަމް ބުނަމުން ދިޔައެވެެ. އަދި ސަލާމަތްކޮށްދީފިނަމަ އަޅަކަށްވެސް ވެދާނެ ކަމަށް މަރިޔަމް ބުނަމުންދިޔަ ކަމަށް ރެސްކިއު ޓީމުން ބުންޏެވެ.

ގިނަ ބައެއްގެ ސަމާލުކަން މި ވީޑިއޯއަށް ލިބިފައިވާ އިރު އެންމެންވެސް ބުނަމުންދަނީ އެ މަންޒަރު ފެނުމުން ކޮއްކޮއަށްޓަކައި މަރިޔަމްގެ ހިތުގައި އޮތް ލޯބި ހާމަވެގެން ދިޔަ ކަމަށެވެ.

މަރިޔަމް އަދި އީލާފްގެ ބައްޕަ، މުސްތަފާ ޒުހިރު އަލް ސައީދު ބުނީ ބިންހެލުން އައިސްފައިވަނީ ފަތިހު ކަމަށާއި އެވަގުތު އެންމެންވެސް ތިބީ ނިދާފައި ކަމަށެވެ. މާގިނައިރުތަކެއް ނުވެ އިމާރާތް ފުނޑުފުނޑުވެ ކޮންކްރީޓްތަކުގެ ދަށުގައި އެންމެ ތާށިވި ކަމަށް އޭނާ ބުންޏެވެ. ދެ ދުވަސް ފަހުން އިމާރާތްތަކުގެ ދަށުން ސަލާމަތްވި ކަމަށް އޭނާ ބުންޏެވެ.

ތުރުކީގެ ދެކުނުގެ ސަރަހައްދާއި ސީރިއާގެ އުތުރުގެ ސަރަހައްދަށް މީގެ 6 ދުވަސް ކުރިން އައި 7.7 އަދި 7.6 މެގްނިޓިއުޑްގެ ދެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 34،179 އަށް ވަނީ އަރާފައެވެ. އަދި 98،685 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!