މެދުއިރުމަތި ދުނިޔެ

ބިންހެލުން އައިވަގުތު 5 ވަނަ ފުލޯއިން ވެއްޓުނު ތުއްތު ކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ތުރުކީއާއި ސީރިއާއަށް މިމަހުގެ 6 ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުން އައި ވަގުތު އިމާރާތެއްގެ 5 ވަނަ ފުލޯއިން ވެއްޓުނު އުމުރުން އެންމެ 8 މަހުގެ ތުއްތު ކުއްޖަކަށް ފަރުވާ ދެމުން އެބަ ދާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

Ads by Sosun Fihaara

ހަޓޭގެ އަންޓަކްޔާ ޑިސްޓްރިކްޓަށް އައި ބިންހެލުމުގައި ބިރްސް ފަންސާ ނަމަކަށް މިތުއްތު ކުއްކާ ވެއްޓުނީ އޭނާގެ ކުޅޭ ކޮށީގައި އިންދާ އިމާރާތުގެ ފަސް ވަނަ ފަންގިފިލާއިންނެވެ. އަދި ބިރްސްގެ މަންމައާއި ބައްޕަ ކަމުގައިވާ ނިލޭ އާއި ސެންގިޒް ވަނީ އެމީހުން ދިރިއުޅުނު އިމާރާތް ވެއްޓި އިމާރާތުގެ ދަށުވެފައެވެ. އެމީހުން ސަލާމަތްކުރެވިފައިވަނީ ބިންހެލުމުގެ 13 ގަޑިއިރާއި 33 ގަޑިއިރު ފަހުންނެވެ. އަދި އޭނާގެ އެއްބަނޑު އެއްބަފާ ކުދިން ކަމުގައިވާ އަލީން އާއި ނީލް ވަނީ ބިންހެލުމުގެ މި ހާދިސާގައި މަރުވެފައެވެ.

ހޮސްޕިޓަލުގައި ތުއްތު ކުއްޖާއަށް ފަރުވާ ދެމުން އަންނަ ޑޮކްޓަރު ނޫރްސާހް ކެސްކިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ ބިރްސޭ އަކީ ވަރަށް ނަސީބުގަދަ ކުއްޖެއްކަމަށެވެ. ޑޮކްޓަރު ބުނިގޮތުގައި ބިރްސް އަށް ފަރުވާ ދެމުން ދަނީ އިންޓްރާކްރެނިއަލް ހެމަރޭޖް ރިވާސް ކުރުމަށާއި އޭނާގެ ފައި ބިންދައިގެން ގޮސްފައިވާތީއެވެ. އެހާމަތީ އިމާރާތަކުން ވެއްޓި މިއަށްވުރެ ބޮޑެތި އަނިޔާތަކެއް ލިބުމުގެ ފުރުސަތު ބޮޑުކޮށް އޮތްނަމަވެސް އެކުއްޖާއަށް މާބޮޑު އަނިޔާއެއް ލިބިފައި ނުވާކަމަށާއި މިއީ އާދަޔާ ހިލާފް ކަމެއްކަމަށް ޑޮކްޓަރ ފާހަގަކުރިއެވެ.

ބާރުގަދަ މި ބިންހެލުންތަކުގެ ސަބަބުން މަރުވި މީހުންގެ ޖުމްލަ މިހާރު 40000 ފަހަނައަޅައި ގޮސްފައިވާއިރު މީގެ ތެރޭގައި ހިމެނެނީ ތުރުކީގެ 35،418 މީހުންނާއި ސީރިއާގެ 5800 މީހުންނެވެ.

ވެއްޓިފައިވާ އިމާރާތްތަކުގެ ތެރޭގައި ތާށިވި 8000 އަށްވުރެ ގިނަ މީހުން މިހާރު ސަލާމަތް ކުރެވިފައިވެއެވެ. ޔޫއެން އިން ލަފާކޮށްފައިވާގޮތުގައި ބިންހެލުމުގެ ސަބަބުން ސީރިއާގެ 5.3 މިލިއަން މީހުންގެ ގެދޮރުވަނީ ގެއްލި މަގުމަތިވެފައެވެ. އަދި މި ހިތާމަވެރި ކާރިސާގެ ސަބަބުން ތުރުކީއާއި ސީރިއާގެ 900,000 މީހުންނަށް މިހާރުވެސް ކާބޯތަކެތި ބޭނުންވެފައިވާކަމަށް ޔޫއެންއިންވަނީ ބުނެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!