Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

ބާ ދަގަނޑުގެ ވިޔަފާރި ކުރުމަށް ހުޅުމާލެއިން ބިން ދޫކުރަނީ

ބާ ދަގަނޑުގެ ވިޔަފާރި ކުރުމަށް ހުޅުމާލެއިން ބިން ދޫކުރަނީ

ހުޅުމާލޭގައި ގިނައަދަދެއްގެ ބާ ދަގަނޑު އުފެދި އެތަކެތި ވިއްކުމުގެ ވިޔަފާރި އާއްމުވެފައިވާތީ ހުޅުމާލޭގައި ބާދަގަނޑު ވިއްކުމުގެ ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ދިނުމަށްޓަކައި ބިން ދޫކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ނިންމައިފިއެވެ.

އެޗްޑީސީން މިއަދު ބުނީ މި ވިޔަފާރި ކުރުމަށް ހުއްދައަށް އެދޭ ފަރާތްތަކަކީ ވިޔަފާރި ކުރުމުގެ ހުއްދައާއި އެކްސްޕޯޓު ލައިސެންސެއް އޮތް ފަރާތަކަށް ވާން ޖެހޭނެކަމަށެވެ. އަދި އެކޯޕަރޭޝަނަށް ދައްކަން ޖެހި ނުދައްކާ ހުރި އެއްވެސް ފައިސާއެއް އޮތް ފަރާތަކަށް ވެގެން ނުވާނެކަމަށްވެސް އެކޯޕަރޭޝަނުން ބުނެއެވެ.

އެކޯޕަރޭޝަނުން ބުނިގޮތުގައި ބިން ދޫކުރުމުގެ އެއްމެ ބޮޑު މަގުސަދަކީ މިހާރު ގިނަ އަދަދަކަށް ވަގަށް ނަގާފައިވާ ވިއްކުން އާއްމުވެ ހުޅުމާލޭގެ އެކި ސަރަހައްދުތަކުތަކުގައި ކޭބަލް ފަދަ ތަކެތި ވަގަށް ނަގައި އޭގެ ވިޔަފާރި ކުރަމުން ދާތީ އެކަން ހުއްޓުވުންކަމަށެވެ. އަދި މިގޮތަށް ބިން ދޫކުރުމުން މަގުތަކާއި ވަޅުލައިފައި ހުންނަ ދަގަނޑުތައް ވަގަށް ނަގައި އޭގެ ވިޔަފާރި ކުރާ ފަރާތްތައް ދެނެގަންނަން ފަސޭހަވާނެކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.

Advertisement
Allied Insurance — Square (box)

އެޗްޑީސީއިން ބުނީ މިއަދުންފެށިގެން އާއްމުންނަށް އުނދަގޫވާނެހެން މަގުތަކާއި ދުވާރު ބަންދުވާގޮތަށް ބަހައްޓައިގެން ވިޔަފާރި ކުރާ ފަރާތްތަކާއި މެދު އެކޯޕަރޭޝަނުން ފިޔަވަޅުއަޅާނެކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް