Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ރައީސް ނަޝީދު ފެކްޝަނާ 50،000 މީހުން ގުޅިއްޖެ ކަމަށް ބުނުމުން، ރޮޒައިނާ ކުރެއްވީ މަލާމާތް

ރައީސް ނަޝީދު ފެކްޝަނާ 50،000 މީހުން ގުޅިއްޖެ ކަމަށް ބުނުމުން، ރޮޒައިނާ ކުރެއްވީ މަލާމާތް

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަން "ފިކުރެއްގެ ދިރުމަށް" 50،000 މީހުން ސޮއި ކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވުމުން، އޭނާއަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ފާޑު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއާ ގުޅިގެން، އެމްޑީޕީގެ އަސްލު ފިކުރު ދިރުވަން ކަމަށް ބުނެ ފެށި "ފިކުރެއްގެ ދިރުން" ހަރަކާތުގައި އިސްކޮށް އުޅުއްވާ ބޮންޑެ ވިދާޅުވި ގޮތުގައި އެ ހަރަކާތުގެ އަމާޒަކީ 95،000 މީހުން ހަމަކުރުމެވެ.

ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އެ އަމާޒު ހާސިލުކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)
ބޮންޑެއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރޮޒައިނާ ވަނީ އެހައި ގިނަ އަދަދެއްގެ މީހުން ސޮއި ކުރި ކަމަށް ބުނާތީ ހިނި އަންނަ ކަމަށާއި، 50،000ގެ ބަދަލުގައި ބޮންޑެ ވިދާޅުވާން ޖެހޭނީ ފަސްްލައްކަ ކަަމަށެވެ. އަދި އަމިއްލަ ހިޔާލަށް، އަދަދެއް ބުނާއިރު، ބޮޑު އަދަދެއް ނުބުނަންވީ ސަބަބެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ. https://twitter.com/roxeyna/status/1625932611679035392?s=46&t=JRrL4K6b-pm5r6TpSZXZLw މިދިޔަ މަހު 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދާ ވާދަކުރައްވައި ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ. ޕްރައިމަރީގައި ރައީސަށް 61 ޕަސެންޓް ވޯޓު ލިބިވަޑައިގެންނެވި އިރު، ރައީސް ނަޝީދަށް ލިބިވަޑައިގަތީ 39 ޕަސެންޓެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް