ޚަބަރު ސިޔާސީ

ނަތީޖާ އާ ގުޅިގެން ހިތްހަމަނުޖެހުނު ނަމަވެސް ޕާޓީގައި އޮތް ސިސްޓަމް ކުރިއަށްދާނެ: ފައްޔާޒު

އާމިނަތު ސަޒްރާ ، ދެން އޮންލައިން
މިއަދުގެ މަޖިލިސް ޖަލްސާގައި ފައްޔާޒް، މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ

ނަތީޖާ އަށް އަންނަ ބަދަލަކާ ގުޅިގެން ހިތްހަމަނުޖެހުނު ނަމަވެސް ޕާޓީގައި އޮތް ސިސްޓަމް ކުރިއަށް ދާނެކަމަށް އެމްޑީޕީގެ ޗެއަރޕާރސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރޭ އޮތް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒް ވިދާޅުވީ ޕާޓީގެ ގަވާއިދުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދާނެކަމަށެވެ.

"ނަތީޖާ އަށް އަންނަ ބަދަލަކާ ގުޅިގެން ހިތްހަމަނުޖެހުމަކީ އިންސާނީ ތޮބިއްޔަތުގައި ހުންނަ ކަމެއް. އެހެން ނަމަވެސް، ޕާޓީގައި އޮތް ސިސްޓަމް ކުރިއަށް ދާނެ. ޕާޓީގެ ގަވާއިދުތަކާ އެއްގޮތަށް އަޅުގަނޑުމެން ކަންކަން ކުރިއަށް ގެންދާނަން" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އިންތިޚާބު ކުރުމަށް ކުރަންޖެހޭ ހުރިހައި މަސައްކަތެއް ކުރާނެ ކަމަށާއި މިކަމުގައި ފަހަތަށް ޖެހުމެއް ނެތް ކަމަށެވެ.

އެމްޑީޕީ ހަރުދަނާކޮށް، ވަރުގަދަ ކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއްގައި އެންމެ އިސްކޮށް ހުންނަވާނެ ކަމަށާއި އަދި އެމްޑީޕީގެ ކެންޑިޑޭޓް ހޮވުމަށްޓަކާ އެމްޑީޕީ އެކަނި އިންތިހާބާ ކުރިމަތިލިޔަސް އަދި އެހެން ސިޔާސީ ޕާޓީތަކާއި ކޯލިޝަން ހަދައިގެން ނަމަވެސް ރިޔާސީ އިންތިޚާ އެމްޑީޕީގެ ކެންޑިޑޭޓަށް ކާމިޔާބުކޮށްދިނުމަށް ކުރަންޖެހޭ ހުރިހައި ކަމެއް ކުރަމުން ގެންދާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

މިއަންނަ ހޮނިހިރު ދުވަހު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްކަމުގައިވާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ރިޔާސީ ޓިކެޓު ދިނުމަށް ނިންމާފައިވާއިރު، އެ ޕާޓީން މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި ރިޔާސީ ޕްރައިމަރީ އިންތިޚާބު އަލުން ބޭއްވުމުގެ އަމުރަކަށް ސިވިލް ކޯޓަށް ވަނީ ހުށަހަޅައިފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!