ޚަބަރު

ގޯތީގެ އަދަދު އިތުރު ކުރުމާ ގުޅޭ ތަފްސީލު ފަހުން ހާމަ ކުރެވޭނެ: މިއުވާން

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު--

މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތީގެ އަދަދު އިތުރު ކުރުމާ ގުޅޭ ތަފްސީލު ފަހުން ހާމަ ކުރަައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ، ގޯތީގެ އަދަދު އިތުރު ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްވައިފައިވާ ކަަމަށެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ފެށުމަށް މިއަދު ބޭއްވި ޖަލްސާގައި ރައީސް ވަނީ، މިދިޔަ އަހަރު އެމަނިކުފާނު އިއްވެވި ރިޔާސީ ބަޔާނުގައި މާލޭ ސަރަހައްދުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމާ ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅަށް އަލިއަޅުއްވާލައްވާފައެވެ.

ރައީސް އޭރު ވިދާޅުވީ މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1000 ގޯއްޗާއި ގުޅީފަޅުން މަދުވެގެން 2000 ގޯތި ދޭނެ ކަމަށެވެ.

ހަމައެހެންމެ ގިރާވަރު ފަޅު ހިއްކާ ބިމުން ވެސް މަދުވެގެން 2000 ގޯތި މާލޭ ރަށްވެހިންނަށް ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

  1. އޮވާލާ

    ތީދޭންއުޅޭގޯއްޗެއްކަމަކައްް ގަބޫލެއްނުކުރަންް ހެޔޮނިޔަތެއްގަކުރާާ ކަނެއްވެއްޖެއްޔާާ ގޯތިދޫކުރާނެެ އަދަދާާ ގޯތިދޫކުރާނެތަނެކާާ ގޯތިދޭނެދުވަހެއްް އެންމެކުޑަމިނުންް އެގެންޖެހޭނޫނީީ ބަލަންޖެހެނީީ ތީހީލަތްތެރިި އޮޅުވާލުމެއްކަމައްް އެހެންނޫނަސްް ތިކަމުގައިި ހެޔޮނިޔަތެއްވާނަމަަ މާގިނަބޭކާރުވާހަކަތަކެއްނުދައްކާނެެ މިހާރުު ދިވެހިންނައްް ހޭލެވިއްޖެެ ބޭކާރުމީހުންް އިސްތިއުފާާ ބޭނުމީރައްޔިތުންނައްް ހެޔޮވެރިއެއްް