މެދުއިރުމަތި ދުނިޔެ

ހުއްޓުމެއް ނެތި ބޮމުގެ އަޑު އިވޭތީ ބައްޕަ ދަސްކޮށްދިނީ ބޮމުގެ އަޑަށް ހޭން!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގެ ސަބަބުން އެތައް ކުޑަކުދިންނަށް ވަނީ ނަފްސާނީގޮތުން ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައެވެ. އެމީހުން އުފުލަމުން ދިޔަ ވޭން ދެގުނަ އިތުރުވީ މިދިޔަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު ތުރުކީގެ ދެކުނުގެ ސިޓީއެއް ކަމަށްވާ އަންތަކްޔާއަށް އައި ބާރުގަދަ ބިންހެލުމެވެ.

Ads by Sosun Fihaara

ހަނގުރާމައިގެ ސަބަބުން ވީރާނާ ވި ދިރިއުޅުން ގިނަ ދުވަސްތަކަކުން އާރާސްތު ކުރެވުނު ނަމަވެސް އެމީހުންގެ ދިރިއުޅުން އަނެއްކާވެސް އަލުން ބަލުން ވަނީ ފަށަން ޖެހިފައެވެ. ގެދޮރު ވީރާނާވެ ހަދާނެ ގޮތް ހުސްވެފައެވެ. ހާލުގައި ޖެހިފައިވާ މީހުން އެމީހުންގެ ވާހަކަތައް މީޑިއާ ތަކާއި ހިއްސާ ކުރަމުންދާއިރު މިއީ ދަރިފުޅުގެ ބިރު އުފަލަށް ބަދަލު ކުރުމަށް ތަފާތު އުކުޅެއް ބޭނުންކުރި ބައްޕައެއްގެ ވާހަކައެވެ.

ހަނގުރާމައިގައި ގެދޮރު ގެއްލުމުން އަބްދުالله އަލް މުހައްމަދުގެ އާއިލާއިން ދިރިއުޅުން އާރާސްތުކުރަން އެހާ ގިނަ ދުވަސް ހޭދަވިއެވެ. ހަނގުރާމައިގައި އަބަދު ބޮން އަޅަމުންދާ އަޑު އިވެމުން ދިޔަ މާހައުލަށް އަބްދުﷲ އޭނާގެ ދަރިފުޅު ސަލްވާ ހޭނުވީ އެއަޑުތަކަށް ބިރުނުގަތުމަށް ދަސްކޮށްދިނުމަށެވެ، މިގޮތުން އަބްދުﷲ ސަލްވާއަށް ދަސްކޮށްދިނީ ބޮން އަޅާ އަޑު އިވުމުން އެއަޑަށް ހޭށެވެ.

އިދްލީބް ޕްރޮވިންސްގެ ކޮންޓްރޯލް އަނބުރާ ހޯދުމަށް ސަރުކާރުގެ ސިފައިން ހަނގުރާމަ ކުރަމުން ދަނިކޮށް ސީރިއާގެ އާއިލާ އަށް މަޖުބޫރުވީ އެމީހުންގެ އުފަން ރަށް ކަމަށްވާ ސަރަކޭބުން ތުރުކީގެ ބޯޑަރު ސަރަހައްދުގައި އޮންނަ ސަރްމަދާ އަވަށަށް ބަދަލުވުމަށެވެ. އޭރު އެއަވަށުން ބޮމުގެ އަޑު ކަނޑައިގެންދާ އެންމެ އިރެއްވެސް ނުދެއެވެ. އެއަޑަށް ދަރިފުޅު ބިރުގަނެދާނެތީ އަބްދުﷲ އަށް ކުރެވޭނެ މާބޮޑުކަމެއް ނެތުމުން އޭނާ ސަލްވާއަށް ދަސްކޮށްދިނީ ކުޅިވަރެއް ކުޅޭށެވެ. އެކުޅިވަރުގެ ތެރެއިން ބޮމުގެ އަޑު އިވޭ ކޮންމެ ފަހަރަކު ހޭން ސަލްވާއަށް އަށް ދަސްކޮދިނެވެ.

އެންމެ ފަހުން އެ އާއިލާ ބަދަލުވީ އަންތަކްޔާ އަށެވެ. ނަމަވެސް ބައްޕަ އާއި އަންހެން ދަރިފުޅު ހިނިތުންވުމާއެކު އަޅަމުން ދިޔަ ބޮން ތަކުގެ އަޑާއި ދުރަށް ދެވި ދިރިއުޅުން ހަމަޖެހިލިތަނާއި މީހުންގެ ދިރިއުޅުން ފުނޑުފުނޑުވެގެން ދިޔައީ ވަރުގަދަ ބިންހެލުންތަކަކުންނެވެ. އަނެއްކާވެސް އަލުން ބަލުން ދިރިއުޅުން ފަށަން ޖެހި އަބްދުﷲ އަށް ވަނީ ގޮތް ހުސްވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!