ޚަބަރު ސަރުކާރު

އައިއޭއެސްގެ މުވައްޒަފުން ވާން ޖެހޭނީ އޯގާތެރިކަމާއެކު ޚިދުމަތް ދޭ ބަޔަކަށް: ނައިބު ރައީސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އައިލޭންޑް އޭވިއޭޝަން އޭވިއޭޝަން (އައިއޭއެސް) ގެ މުވައްޒަފުން ވާން ޖެހޭނީ އޯގާތެރިކަމާ އެކީ ހިދުމަތްދޭ ބަޔަކަށް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ ސްޓާފް ނައިޓް ޝަރަފުވެރިކޮށް ދެއްވައި އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގައި އިތުރުވަމުން އަންނަ އެއަޕޯޓުތަކާ އެކީ، އެއްވެސް ރައްޔިތަކަށް ވަކި ގޮތެއް ހެދުމެއް ނެތި ހަމަހަމަކަމާ އެކީ ހުރިހާ ރައްޔިތުންނަށް އައިއޭއެސް އިން ހިދުމަތް ދޭން ޖެހޭނެ ކަމަށެވެ.

ފައިސަލް ވިދާޅުވީ އެ ކުންފުނީގެ މުވައްޒަފުން އަދާކުރަމުން އަންނަނީ ގައުމުގެ ތަރައްގީއާއި ގުޅިފައިވާ މުހިއްމު މަސައްކަތެއް ކަމަށެވެ.

"ތި ބޭފުޅުންނަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކޮންމެ ދުވަހަކުވެސް ޚިދުމަތް ދެމުންގެންދަވާ ބައެއް. ދުވާލެއްގެ މައްޗަށް ފަންސާސް ފްލައިޓް ފަސްދޮޅަސް ފްލައިޓް ދަތުރުކުރާއިރު އެހުރިހާ ފަރާތްތަކުން ތިއިން ކޮންމެވެސް މުވައްޒަފެއްގެ ޚިދުމަތް ލިބިގަންނާނެ،" ނައިބު ރައީސް ވިދާޅުވިއެވެ.

އައިއޭއެސް އަކީ 1،300 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ކުންފުންޏެކެވެ.

އެ ކުންފުންޏަކީ ރާއްޖޭގެ ބައެއް އެއާޕޯޓްތައް ވެސް ހިންގަމުން އަންނަ ކުންފުންޏެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!