Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ސިޓީ ކައުންސިލާ ދެކޮޅަށް ސްޓެލްކޯއިން ހުށަހެޅި މައްސަލަ ބަލައިގެންފި

ސިޓީ ކައުންސިލާ ދެކޮޅަށް ސްޓެލްކޯއިން ހުށަހެޅި މައްސަލަ ބަލައިގެންފި

"މާލޭ ސިޓީގެ މަގު ބަންދުނުކޮށް އަދި މަގު ބަންދުކޮށްގެން މަސައްކަތުކުރުމާ ބެހޭ އުސޫލު" ބާތިލު ކޮށްދިނުމަށް އެދި މާލެ ސިޓީ ކައުންސިލާ ދެކޮޅަށް ސްޓެލްކޯއިން ހައިކޯޓަށް ހުށަހެޅި މައްސަލަ  ބަލައިގެންފިއެވެ.

އެ މައްސަލަ އިއްޔެ ބަލައިގަތީ ދެވަނަ ފަހަރަށް ހުށަހެޅުމުންނެވެ. ސްޓެލްކޯއިން މި މައްސަލަ އެންމެ ފުރަތަމަ ހުށަހެޅުމުން، ސިޓީ ކައުންސިލުން ހެދި އުސޫލުތައް ގާނޫނާ ޚިލާފުވާ ސަބަބު، އެ ކުންފުންޏަށް ބަޔާންކޮށްދެވިފައި ނުވާ ކަމަށް ބުނެ ހައި ކޯޓުން މައްސަލަ ބޭރުކޮށްލިއެވެ.

ސްޓެލްކޯއިން ބުނެފައި ވަނީ މަގު ކޮނުމުގެ ފީ ބޮޑުވާ ގޮތަށް މާލޭ ސިޓީ ކައުންސިލުން އުސޫލެއް ހެދީ ގްރޭޓާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޖެއްސުންކޮށް، ލިބޭ ޚިދުމަތްތަކުގެ އަގު ބޮޑުކުރުމުގެ ނިޔަތުގައި ކަމަށެވެ. އަދި ކައުންސިލުން އާންމުކުރި އުސޫލުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނީ ރައްޔިތުންގެ ޖީބަށް ކަމަށެވެ.

Advertisement
Allied — Dhen Online (box)

ކައުންސިލުން އުސޫލު އެކުލަވާލީ ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އާ ވެސް މަޝްވަރާ ކުރުމެއް ނެތި ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް