މެދުއިރުމަތި ދުނިޔެ

ރޭ ތުރުކީއާއި ސީރިއާއަށް އައި ބިންހެލުމުގައި ތިން މީހުން މަރުވެ ގިނަ ބަޔަކު ޒަހަމްވެއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިމަހުގެ ހަ ވަނަ ދުވަހު ތުރުކީއާއި ސީރިއާގެ ސަރަހައްދުތަކަށް އައި ބާރުގަދަ ބިންހެލުންތަކާއެކު ލިބުނު ސިހުން ނުފިލައި ވަނިކޮށް، ރޭ އަނެއްކާވެސް އެސަހަރައްދަށް އައި ބާރުގަދަ ބިންހެލުމުގައި ތިން މީހުން މަރުވެ، ގިނަ ބަޔަކު ޒަހަމް ވެއްޖެއެވެ.

Ads by Sosun Fihaara

ރިޕޯޓްތައް ބުނާގޮތުން ރޭ ތުރުކީ-ސީރިއާ ބޯޑަރު ސަރަހައްދަށް އައި ބިންހެލުމަކީ 6.3 މެގްނިޓިއުޑްގެ ބާރު ގަދަ ބިންހެލުމެކެވެ.

އެ ބިންހެލުމުގެ ސަބަބުން ގިނަ ބަޔަކު ތިބީ ސިހި، ބިރުގަނެފައެވެ.  ރ ތުރުކީ ގަޑިން  8:04 ހާއިރު ހަޓޭ ޕްރޮވިންސްގެ ޑެފްނޭ ސިޓީއަށް އައި ބިންހެލުމުގެ އަސަރު އެޕްރޮވިންސްގެ ވެރިރަށް އަންތަކްޔާގެ އިތުރުން އުތުރުން 200 ކިލޯމީޓަރު ދުރުގައި އޮންނަ އަދާނާ ޕްރޮވިންސަށް ވެސް ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ.

ތުރުކީގެ ދާޚިލީ ވަޒީރު ސުލައިމާން ސޮއިލޫ ވިދާޅުވީ މި ހާދިސާގައި ތިން މީހަކު މަރުވެ 200 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

އަދި އޭނާ ވިދާޅުވި ގޮތުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ވޯކަރުން ދަނީ ކުރަމުންނެވެ.

ރޭ އައި ބިންހެލުމުގައިވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު މިމަހުގެ 6 ވަނަ ދުވަހު އެސަރަހައްދަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ވަނީ 40000 އިން މައްޗަށް ގޮސްފައެވެ.

ރޭ އައި ބިންހެލުމަކީ، މި މަހު ކުރީ ކޮޅުގައި އައި ބިންހެލުމުގެ "އާފްޓަރޝޮކް"އެކެވެ. އަދިވެސް މިފަދަ އިތުރު ލޮޅުންތައް އަރާނެ ކަމަށް ވަނީ ބެލެވިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!