އަދާލަތުން ރިޔާސީ އިންތިޚާބަށް ވަންނަނީ ހިސާބު ޖެހުމަށްފަހު، ހެޔޮ ނަތީޖާ ފެންނާނެ: އިމްރާން

މި ސަރުކާރު ކޯލިޝަނުގެ އެއް ބައިވެރިޔާ ކަމުގައިވާ އަދާލަތު ޕާޓީން ކުރާ މަސައްކަތުގެ ހެޔޮ ނަތީޖާ ފެންނާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި، 2018 ވަނަ އަހަރެކޭ އެއްގޮތަށް، އެމްޑީޕީއާއެކުގައި ވުމަށް، އަދާލަތަށް ދިން ދައުވަތާ ގުޅިގެން އެ ޕާޓީން ވަނީ އެމްޑީޕީއާއެކު، މިކަމާ ގުޅޭ މަޝްވަރާތައް ކޮށްފައެވެ.
މި ސަރުކާރުގެ ހޯމް މިނިސްޓަރުގެ މަޤާމުގައި ހުންނެވި އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާއިތުވި ތިން ރިޔާސީ އިންތިޚާބުގެ ތެރެއަށް އަދާލަތުން ވަނީ ވަރަށް ގިނަ ދިރާސާކޮށް، މަޝްވަރާކޮށް އަދި ހިސާބު ޖެހުމަށްފަހު ކަމަށެވެ. އަދި މިއަހަރު މި ކަންކަން ކުރިއަށް ވުރެ ވެސް ތަރުތީބުން ކުރެވޭތީ އުފާކުރައްވާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
"މާތްﷲ އިރާދަކުރެވިއްޔާ ހެޔޮ ނަތީޖާ ފެންނާނެ." އިމްރާން ވިދާޅުވިއެވެ.
https://twitter.com/ShimranAb/status/1628124646875987968?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1628124646875987968%7Ctwgr%5E9588099fab1160991d81d09f7a31371926240cef%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.addulive.com%2F297163
މި އަަހަރުގެ ރިޔާސީ އިންތިޚާބަށް ކޯލިޝަން ހަދަން އަދާލަތުން އެމްޑީޕީއާ މަޝްވަރާކުރަން ފަށައިފައިވާއިރު، ރިޔާސީ އިންތިޚާބުގައި ވާދަކުރުމާ މެދު ޖުމްހޫރީ ޕާޓީން ގޮތެއް ނިންމާނީ މި މަހުގެ 24 އިން 25 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ޤައުމީ ޖަލްސާގައެވެ. މި އަހަރުގެ އިންތިޚާބުގައި އަމަލު ކުރާނެ ވަކި ގޮތެއް، އެމްއާރްއެމުން އަދި ނުނިންމައެވެ.







ކޮމެންޓް