ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނުނެރެ ކޯލިޝަން ހެދުމަށް އެމްޑީއޭއިން ނިންމައިފި

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކެނޑިޑޭޓަކު ނުނެރެ ކޯލިޝަން ހެދުމަށް އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ނިންމަވައިފިއެވެ.
އެ ޕާޓީން މިއަދު ބޭއްވި ހާއްސަ ބައްދަލުވުމުގައި ނިންމާފައި ވަނީ ރިޔާސީ އިންތިހާބުގައި އެމްޑީއޭގެ ފަރާތުން ނުކުންނާނީ ކޯލިޝަން ޕާޓުނަރެއްގެ ގޮތުގައި ކަމަށެވެ.
ރައީސް ޞާލިޙް ވަނީ ސިޔާމް އާއި އެކު މިއަހަރުގެ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް ދައުވަތުއަރުވައި ސިޓީއެއްވެސް ފޮނުވާފައެވެ. އަދި ދާދިފަހުން ރައީސް ޞާލިޙާއި ސިޔާމް ވަނީ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙިމްއާވެސް ރައީސް ޞާލިޙް ވަނީ ބައްދަލުކޮށްފައެވެ.
ސިޔާމް ރިޔާސީ އިންތިހާބުގައި ވާދަނުކުރަން ނިންމާފައިވާއިރު ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޞާލިޙްއަށް ތާއީދުކުރަން އަދާލަތު ޕާޓީން މިއަދު ވަނީ ނިންމައިފިއެވެ.







ކޮމެންޓް