ޚަބަރު އިޖުތިމާޢީ

އޭޕްރީލް މަހުގެ 18 ވަނަ ދުވަހުން ފެށިގެން ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަންފަށާނެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އަންނަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ފެށިގެން ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަންފަށާނެކަން އިއުލާނުކޮށް ޕްލާސްޓިކް ކޮތަޅުން ޓެކްސް ދެއްކުމުގެ އުސޫލު މޯލްޑިވްސް އިންލެންޑް ރެވަނިއު(މީރާ) އިން އާންމުކޮށްފިއެވެ.

Ads by STELCO

ޕްލާސްޓިކް ކޮޓަޅުން 2 ރުފިޔާގެ ފީއެއް ނެގުމަށް ޤާނޫނަށް ގެނެސްފައިވާ އިސްލާހަށް އަންނަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ މެންދަމު 12:00 އިން ފެށިގެން އަމަލުކުރަން ފަށަން ނިންމައިފިފައިވާއިރު މީރާއިން ޝާއިއުކޮށްފައިވާ ލިއުމުގައި ބުނެފައިވަނީ  ޕޮއިންޓު އޮފް ސޭލްގައި ވިއްކާ ކޮތަޅުން، ފީ ނަގަން ލާޒިމުވަނީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވައިދުގެ ދަށުން ކޮތަޅުން ޖީއެސްޓީ ލާޒިމާ ވަގުތުގައިކަމަށެވެ.

މީރާ އިން ބުނެފައިވާގޮތުން، ޖީއެސްޓީ ނުނަގާ ތަކެއްޗަށާއި ހިދުމަތްތައް ދިނުމުގައިވެސް ބޭނުންކުރާ ކޮތަޅުތަކުން ކަނޑައެޅިފައިވާ ފީ ނަގާނެއެވެ. އަދި ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ފީއެއްގެ ގޮތުގައި 2 ރުފިޔާ ނަގަންވާނެކަމަށް ބުނެފައިވާއިރު ކަސްޓަމަރުންގެ އަތުން މި ފީ ނެގުމަކީ ޖީއެސްޓީއަށް ރެޖިސްޓަރކޮށްފައިވާ ފަރާތްތަކުގެ ޒިންމާއެކެވެ.

އޭގެ އިތުރަށް ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގާފައިވާ އަދަދު ޖީއެސްޓީ ބަޔާނުގައި ހިމަނަންވާނެ ކަމަށާއި، އެ ފީ މީރާއަށް ދައްކަންވާނެ ކަމަށެވެ. ފީ ދައްކަންޖެހޭނީ ދިވެހި ރުފިޔާއިންކަމަށްވެސް އެ ޤަވާއިދުގައި ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!