ޚަބަރު ސިޔާސީ

މާލެ ސިޓީ ކައުންސިލުން އާޓް އެންޑް ކްރާފްޓް ވޯކްޝޮޕެއް ބާއްވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމަށް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމް "ފަންނުވެރިޔާ" ގެ ދަށުން ފެށުމަށް ހަމަޖެހިފައިވާ އާރޓް އެންޑް ކްރާފްޓް ވޯކްޝޮޕް ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ.

Ads by Hajj Corporation

ޒުވާނުންނަކީ ހުނަރުވެރި ބަޔަކަށް ހެދުމަށްޓަކައި ޔޫތް ޕްރޮގްރާމް އެއް ކުރިއަށް ގެންދިއުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ ކައުންސިލްގެ 70 ވަނަ ރަސްމީ ޢާއްމު ޖަލްސާގައެވެ.

"ފަންނުވެރިޔާ" ގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމި އާރޓް އެންޑް ކްރާފްޓް ވޯކްޝޮޕަކީ އެއްވެސް ފީ އަކާއި ނުލާ ހިލޭ ސާބަހަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕާއި ގުޅިގެން 70 ވަނަ ޖަލްސާގައި މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ މިކަމަކީ ޒުވާނުންނަށް އާމްދަނީ ހޯދޭނެ ފަހި ފުރުޞަތުތަކެއް ހޯދައިދިނުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް ނިންމިކަމެއް ކަމަށެވެ.

މި ވޯކްޝޮޕްގެ ބޭނުމަކީ މާލޭގެ ހުރިހާ އަވަށެއްގެ ރައްޔިތުން ޝާމިލްވާގޮތަށް އާރޓް އެންޑް ކްރާފްޓްގެ ފަންނުގެ ދާއިރާއިން ހިލޭ މިކަހަލަ ކޯހެއް ހިންގާ ގިނަ ޒުވާނުންތަކެއް ތަމްރީން ކުރުން ކަމުގައި މޭޔަރު ވަނީ ވިދާޅުވެފައެވެ.

މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އެއް މަސްދުވަހުގެ މުއްދަތަށެވެ. ވޯކްޝޮޕް ފެށުމަށްހަމަޖެހިފައި ވަނީ އަންނަ މާރޗް މަހުއެވެ.

ޒުވާނުންނަށް ޚާއްސަކޮށް ކުރިއަށްގެންދާ މި ވޯކްޝޮޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ، އުމުރުން 18 އަހަރާ 25 އަހަރާ ދެމެދުގެ ޒުވާނުންނަށް އެފުރުސަތު ވަނީ ހުޅުވައިލައިފައެވެ.

ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފޯމް ފުރިހަމަކުރުމަށްފަހު މާރޗު 08 ވާ ބުދަ ދުވަހު 14:00 ގެ ކުރިން މާލެ ސިޓީ ކައުންސިލްގެ އީމެއިލް އަށް އީމެއިލް ކުރުމަށް ސިޓީ ކައުންސިލުން އެދެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!