ޚަބަރު ސިޔާސީ

ގުރައިދޫ ދާއިރާގެ އިންތިޚާބު އޭޕްރީލް 15ގައި ބާއްވަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ގޮނޑިއަށް މެމްބަރަކު ހޮވުމަށް ބާއްވާ އިންތިޚާބު އޭޕްރިލް މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

Ads by MWSC

މިކަން ހާމަކުރައްވާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބު ކުރެއްވި ޓްވީޓެއްގައެވެ.

ހަބީބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން 2023 އޭޕްރިލް 15 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމަވައިފައިވާ ކަމަށެވެ.

އިންތިޚާބަށް ފޯމު ބަލައިގަތުމް މާދަމާއިން ފެށިގެން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އެހެންނަމަވެސް ފޯމު ބަލައިގަންނާނެ އެންމެ ފަހު ތާރީޚެއް އަދި ހާމަނުކުރެއެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ އެދާއިރާގެ މެންބަރުކަން ކުރެއްވި އިބްރާހިމް ރިޟާ ނިޔާވުމާ ގުޅިގެންނެވެ. އޭނާ ނިޔާވީ މެލޭޝިއާގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. ރިޟާ އަކީ އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ މެމްބަރެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!