ޚަބަރު

ޔޫންގެ އޮޕަރޭޝަން މާދަމާ: އާއިލާއިންް އެދެނީ އެންމެން ވެސް ހެޔޮ ދުޢާ ކޮށްދެއްވުމަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ޔޫން އާއި ޑރ. ސުނިލް/ ފޮޓޯ: "ދެން" އަށް ހިއްސާ ކުރީ ޔޫންގެ މަންމަ ރިހޫ

ދިވެހި ފިލްމީ ތަރި މުޙައްމަދު ޔުނާންގެ ހަގު ދަރިފުޅު ޔޫން މުޙައްމަދު ޔުނާންގެ ހިތުގެ އޮޕަރޭޝަން މާދަމާ ހެނދުނު 7:30 ގައި (އިންޑިއާ ގަޑިންް 8:00 ގައި) ލިސީ ހޮސްޕިޓަލުގައި ކުރާނެއެވެ.

Ads by STELCO

"ދެން" އަށް މައުލޫމާތު ދެމުން ޔޫން ގެ މަންމަ ފާތިމަތު ރިހްލާ (ރިހޫ) ބުނީ ޔޫންގެ އޮޕަރޭޝަން ކުރިއަށްދާއިރު ޔޫން އަށް އަވަސް ޝިފާއެއް ލިބުމަށް އެދި ކުރެވޭ ޞަދަޤާތެއްގެ ގޮތުންްނާއި ޔޫންގެ ކުރިން އެދެމަފިރިންނަށް ލިބެނު ދަރިފުޅު އަލް-މަރްޙޫމް ޔޫކް މުޙައްމަދު ޔުނާން ގެ ނަމުގައި ވެސް ޞަދަޤާތް ކުރުމަށް މިޞްރުގެ ވެރިރަށް ގާހިރާގައި މާދަމާ ރާއްޖޭގަޑިން 14:00 ގައި އަޤީޤާ ކަތިލުމުން އޮންނާނެ ކަމަށެވެ.

އަޤީޤާ ކަތިލުމާއި ފަގީރުންނަށް ބެހުމުގެ ފޮޓޯތަކާއި ވީޑިއޯ މާދަމާ ލިބޭނެ ކަމަށް ވެސް ރިހޫ ބުންޏެވެ.

ރިހޫ އާއި ޔުނާން އަދި ޔޫން، ފަރުވާއަށް އިންޑިއާއަށް ފުރާފައިވަނީ މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހުގައެވެ.

"މިއަދު ހެދި ސީޓީ ސްކޭނުން އެނގުނީ ކުރިން އޮޕަރޭޝަން ކޮށްފައިން ނާރު އިނީ އެނބުރިގެން ބެދިފަކަން. އަދި ހިތުގެ ވާތް ފަޅި ފުއްޕާފައި އިނުމުގެ ސަބަބުން މޭކަށިގަނޑުގައި ފިތިބާރުވެފަ އިނީމަ ބޭބީ ހިތް އޯޕަން ކުރުމަކީ ރިސްކީ ކަމެއް ކަމަށް ޑޮކްޓަރުން ބުނި" ރިހޫ ބުންޏެވެ.

ޔޫންގެ އޮޕަރޭޝަނަށް އަށް ގަޑިއިރުވަރު ނަގާނެ ކަމަށް ރިހޫ ބުންޏެވެ. އޭނާގެ އޮޕަރޭޝަން ކުރަނީ ކުރިން ވެސް ޔޫން ގެ އޮޕަރޭޝަން ކުރި ޑރ. ސުނީލް އެވެ.

 

ޑރ. ސުނިލް އަކީ ރާއްޖޭގެ ވަރަށް ގިނަ ކުޑަ ކުދިންގެ ހިތުގެ އޮޕަރޭޝަން ކާމިޔާބުކަމާއެކީ ކޮށްފައިވާ، ގިނަ ދިވެހިން ވަރަށް އިތުބާރު ކުރާ ޑޮކްޓަރެކެވެ.

އިންޑީއާއަށް ދިޔުމަށްފަހު ކަރަންޓީނުގެ މުއްދަތުގައި ޔޫން ހޭދަކުރި 14 ދުވަހު ވެސް ވަރަށް އޯގާތެރި ކަމާއެކީ ޔޫންގެ ހާލަތު ޑރ. ސުނިލް ބެލިކަމަށް ވެސް ރިހޫ ފާހަގަ ކުރިއެވެ.

ޔޫން އަށް އަވަސް ޝިފާއެއް މިންްވަރު ކޮށްދެއްވުން އެދި ތިޔަ އެންމެހާ ފަރާތްތަކުންް ހެޔޮ ދުޢާ ކޮށްދެއްވުމަށް އެއާއިލާއިން އެދެއެވެ.

މާތް ﷲ ޔޫން އަށް އަވަސް ޝިފާއެއް ދެއްވާ އާއިލާއަށް ހިތްވަރާއި ކެތްތެރިކަން ދެއްވާށި. އާމީން.

Ads by Ooredoo
  1. ޙެޔޮ އެދޭ ފަރާތެއް

    ޢެންމެ މާތް ސަދަގާތަކީ އެއް އަތުން އަނެއް އަތަށް ވެސް ނޭގޭހާ ސިއްރުން ކުރެވޭ ސަދަގާތް.
    ﷲ އަށް ޓަކާ ކުރެވޭ ސަދަގާތް.
    ފޮޓޯ އާއްމުކޮށް އިޢުލާންކޮށް ސަދަގާތް ކުރުމެއް ނުވޭ

    މިކަން ރިހޫ އަދި ޔުނާން އަށް އެނގުން މުހިންމު.

    ޔޫން އަށް އަވަސް ޝިފާ އެއް ދެއްވަވާށި ޢާމީން

  2. މަރިޔަމް

    އާމީން