Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ވެންޓިލޭޓަރު ހިޔާނާތް: 32 މިލިއަން ހޯދަން އާބިޓްރޭޝަނަށް

ވެންޓިލޭޓަރު ހިޔާނާތް: 32 މިލިއަން ހޯދަން އާބިޓްރޭޝަނަށް
ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ދުބާއީގެ ކުންފުންޏަކާ ހަވާލުކޮށްގެން ރާއްޖެއަށް ގަންނަން ހަވާލުކުރި ވެންޓިލޭޓަރުތައް ނުލިބުނު މައްސަލާގައި އެ ކުންފުނި އަތުން ބަދަލު ހޯދަން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް މައްސަލަ ހުށައަޅައިފިއެވެ. އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ވެންޓިލޭޓަރުތައް ގެންނަން ފެބްރުއަރީ 2، 2020 ގައި ހެލްތު މިނިސްޓްރީއާއި އެގްޒެކިއުޓާސްއާއެކު ހެދި އެއްބަސްވުމާ އެ ކުންފުނިން ހިލާފުވެފައިތީ އެ މައްސަލަ މި މަހުގެ 16 ވަނަ ދުވަހު އާބިޓްރޭޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ދިވެހި ދައުލަތުން އެދިފައިވަނީ އެގްޒެކިއުޓާސް އިން ފޯރުކޮށް ނުދޭ ވެންޓިލޭޓަރުތަކުގެ އަގަށްވާ ފައިސާއާއި ވެންޓިލޭޓަރުތައް ގެނެސްދީފައިނުވާތީ ދިވެހި ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލަށްވާ ޖުމުލަ352,574,750 މިލިއަން ރުފިޔާ (2.1 މިލިއަން އެމެރިކާ ޑޮލަރު) ހޯދުމަށެވެ. އޭގެ އިތުރުން އިންޓްރެސްޓާއި އާބިޓްރޭޝަންގެ ހަރަދުތައް ހޯދުމަށްވެސް ހުށަހަޅާފައިވެއެވެ.

އޭޖީ އޮފީހުން ބުނީ، އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައާ ގުޅޭ އެންމެހައި ކަންކަމުގެ ސިއްރު ހިފެހެއްޓުން ސަރުކާރުގެ މައްޗަށް ލާޒިމު ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް