Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

އެޗްޑީސީގެ ނަމުގައި ސައްހަ ނޫން މެސެޖުތަކެއް ފޮނުވާތީ ސަމާލުވާން އެދެފި

އެޗްޑީސީގެ ނަމުގައި ސައްހަ ނޫން މެސެޖުތަކެއް ފޮނުވާތީ ސަމާލުވާން އެދެފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ނަމުގައި ސައްހަ ނޫން މެސެޖުތަކެއް ފޮނުވަމުން ދާތީ ސަމާލުވުމަށް އެކޯޕަރޭޝަނުން އެދެފިއެވެ.

އެޗްޑީސީ އިން ބުނީ އެކޯޕަރޭޝަނުން އެފަދަ އެއްވެސް މެސެޖެއް އެއްވެސް ފަރާތަކަށް ފޮނުވަމުން ނުދާކަމަށެވެ.

"މިކޯޕަރޭޝަނުގެ ނަމުގައި ބައެއް ކަހަލަ ލިންކުތަކެއް ހިމެނޭ ގޮތަށް، އާއްމުންނަށް މެސެޖުތަކެއް ލިބެމުންދާތީ މިކަމަށް ސަމާލުވުމަށް އިލްތިމާސްކުރަން! މިކޯޕަރޭޝަނުގެ ފަރާތުން މިފަދަ މެސެޖުތަކެއް ނުފޮނުވާނެކަމުގައި ދަންނަވަން" އެޗްޑީސީ އިން ބުންޏެވެ.

Advertisement
HDC — Sidebar (box)

ސްކޭމް ކޯލްތަކާއި މެސެޖުތައް މެދުވެރިކޮށް މަކަރާ ހީލަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދަމުން ދާ މައްސަލައަކީ ރާއްޖޭގައި މިފަހުން ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. އަދި މިފަދަ ކޯލްތަކަށާއި މެސެޖުތަކަށް ސަމާލުވުމަށް ކަމާބެހޭ މުއައްސަސާތަކުން ދަނީ މެދުކެނޑުމެއް ނެތި އާއްމުންނަށް އިލްތިމާސްކުރަމުންނެވެ.

މި ޒަމާނަކީ އިންޓަރނެޓް މެދުވެރިކޮށް ފަސޭހަކަމާއެކު މަކަރާއި ހީލަތުން ފައިސާ އަތުލައިގަނެވޭ ޒަމާނަކަށްވާއިރު، އެގޮތަށް އަތުލާ ފައިސާ އަނބުރާ ހޯދަން އުނދަގޫވާނެކަމަށާއި، އެފަދަ ކަންކަމަށް ސަމާލުވެ ތިބުމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންްޖް އެންޑް ޓެކްނޮލޮޖީންވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް