Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

މޫސުން އަދިވެސް ގޯސް، ހުދު ސަމާލުގެ މުއްދަތު އިތުރުކޮށްފި

މޫސުން އަދިވެސް ގޯސް، ހުދު ސަމާލުގެ މުއްދަތު އިތުރުކޮށްފި

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށެވެ. އަދި ހުދު ސަމާލު ނެރެފައިވަނީ 13:00 އިން ފެށިގެން 18:00 އާއި ހަމައަށެވެ. މިވަގުތުތަކުގެ މިސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން އެންމެ ފަހުން އާއްމުކޮށްފައިވާ އަޕްޑޭޓްތަކަށް ބަލާލާއިރު ފާއިތުވީ 24 ގަޑި އިރު ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ވ. ރަކީދޫއަށެވެ. މިގޮތުން އެރަށަށްވަނީ 80.2 މިލިމީޓަރގެ ވާރޭ ވެހިފައެވެ.

Advertisement
Ooredoo — Square (box)

އިއްޔެއިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެފައިވާއިރު ހުރިހާ ފަރާތްތަކަކަންވެސް  މޫސުމަށް ސަމާލުވުމަށް މެޓުއޮފީހުން ވަނީ އިލްތިމާސްކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް