ޚަބަރު ސިޔާސީ

މި ސަރުކާރާއެކު ޖޭޕީން ކޯލިޝަން ހަދަން ޖެހޭ ސަބަބެއް ނެތް: ޢަލީ ޙުސައިން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރާއެކުގައި ޖުމްހޫރީ ޕާޓީ(ޖޭޕީ)އިން ކޯލިޝަން ހަދަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ޖޭޕީ މެމްބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޢަލީ މިހެން ވިދާޅުވީ "ވީޓީވީ" އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަސް ގުނި ގޮތުން ވެސް ކަންކަން އެކަށީގެންވާ ގޮތަކަށް ނުކުރެވޭނެކަން އެނގުނު ކަމަށާއި ނަމަވެސް މިއީ ބޮޑު ޤުރުބާނީތަކެއް ވެގެން ގެނައި ސަރުކާރަކަށް ވުމުން މަޑުކޮށްލަން ބޭނުންވީ ކަމަށް އޭނާ ވިދާޅުވިއެވެ. ޢަލީ ވަނީ ސަރުކާރަށް ވަޢުދުތައް ނުފުއްދުނު ކަމަށްވެސް ވިދާޅުވިއެވެ.

ޢަލީ އިތުރަށް ވިދާޅުވީ، ހަތަރު އަހަރުގެ ތެރޭގައި ޤައުމަށް ގެންނަންޖެހޭ އިސްލާހީ ބަދަލުތައް މި ސަރުކާރަށް ގެނެވިފައިނުވާއިރު، މި ސަރުކާރަށް ދެއްކޭނެ ބަހަނާއެއް ވެސް ނެތް ކަމަށެވެ.

އަދި ވިދާޅުވީ، ސަރުކާރަށް ސަލާމަތް ނުވެވޭނެ ކަމަށާއި ޤައުމުގެ މިނިވަންކަން ސަލާމަތް ކުރާނެ ގޮތަކާއި މެދު ވިސްނަންޖެހޭ ހާލަތަށް ޤައުމު ގޮސްފައިވާ ކަމަށެވެ.

އަދި މިއީ ވޯރާ ވިޔަފާރިވެރިންގެ ޒަމާނަށްފަހު ބިދޭސީންގެ ބާރުގެ ދަށަށް ރާއްޖެ އެންމެ ބޮޑަށް ދިޔަ ދުވަސްވަރު ކަމަށްވެސް ވިދާޅުވިއެވެ.

ޢަލީ މިފަދަ މޭރުމަކުން ވާހަކަ ދެއްކެވިއިރު، ރިޔާސީ އިންތިޚާބަށް އެމްޑީޕީއާއެކު ޖުމްހޫރީ ޕާޓީ އާއި އެމްއާރްއެމުން ވެސް ކޯލިޝަން ހަދާނެކަމުގެ ޔަޤީންކަން އޮތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިޙު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

 

 

 

 

 

Ads by HDC
  1. އަލީ ވެސް ގޮޅީގައި ސޭލް އެޅުވީތޯ ؟

  2. ނާގާބިލު

    މާމޮޅު ކަމެއް ކުރެވޭނެ ކަމަށް ހީކޮށްގެން ތި ހުރިހާ އެންމެން ޖަމާއަތްހަދައިގެން ނުވިތާކަށް މިއުޅޭ އަދާލަތު ދީން ދައްކައިގެން ދީނުގެ ހުކުމްތައް ފުރިހަމަ ކޮށްގެން އެންމެމާތްދީނައިގެން ވަޑައިގެންނެވި މިއުއްމަތުގެމާތްނަބިޔާ ސޮއްލަﷲ އަލައިހި ވަސައްލަމަގެ ދުއާދެއްވާފަ ކަމަށްބުނެ، ރައިއްޔަތުންނަށް ދޮގާމަކަރު ހަދާ އޮޅުވާލައިގެން މި ގައުމަށް ފާކޮށްފާ މިހުރީ ނުބައިނުލަފާ ލަދެއް ބިރެއް ފިތެއް ނެތް ޣަދާރެއް، ތިމާއުފަންވެ ބޮޑުވި ފަސްގަޑަށް ކުޑަވެސްއަގަލެއް ކުލުނެއް ނެތް ޖާހިލެއް، ހަމަ އެކަނި ތިމާގެ ޖާހާޝަރަފު ހިފަހައްޓަން ބޭރުގެ ފަރަންޖީންނަށް ގައުމު ވިއްކާ ގައުމުގެ އިއްޒަތާ ޝަރަފާ ކަރާމާތާ ފަޚުރު ވެއްޔާމޮޑެ ގައުމު އަޅުވެތިކޮށް، ގައުމު ޖަހަންނަމައަކަށް ހަދާލައިފި،
    މާތްވެގެން އިސްލާމްދީން އަގެއްނެތް ދީނެއްގެ ގޮތުގާ ހަދައިގެން ކޮންމެމީހަކު ދީނަށްފުރައްސާރަ ކުރާނެގޮތަކަށް ފުރައްސާރަ ކުރަން ދޫކޮށްލައިގެން ހުންނަކަމީ މިސްކިތްތަކަށް ދެކަމު ހާޖަތަށް ދިއުމާ ކީރިތިގުރުއާނަށް ކުޅުޖަހާ ފުރައްސާކުރުމުން ވެސް އެކަންކުރި މީހުންނަކީ ނަފުސާނީވެފަ ތިބި މީހުންކަމަށްހަދާ އެމީސްމީހުަނަށްވެސްއެއްވެސް ފިޔަވަޅެއްނާޅާ ދޫރުމުންދޭހަވީ މިސަރުކާރަކީ ލާދީނީ ސަރުކާރެއްކަން، ރޯމާދުވާލު އޮރިޔާމާ މަގުތަކުގާ މީހުން ހިނގާއިރުވެސް ހަމަ ސަރުކާރު ގަދަ ނިދީގާ،އެންމެ ހެއްވާކަމަކީ މިބާވަތުގެ ކޮންމެ މީހަކީވެސް ނަފުސާނީ ކަމަށް ހަދާތީ، އަޅޭ ނަފުސާނީ ވެފަ މިއޮތީ ސަރުކާރު ނޫންބާ ރައީސް ނޫންބާ!!!
    ދެން ރައިސަށްސަނާ ކިއާ ބައިގަނޑު މި ކިއަނީ ރައިސަކީ އެންމެނާ ގުޅޭ މަދުމައިތިރި ހިތްތިރި ބަސްމަދު ހަރަކާތްކުޑަ ރައިސެކޯ، ކިހާރީތި ގައުމެއްގެ ވެރިއަކު އެއްވެސްކަމަކާ އަޅަނުލާ ބޮޑުވަރިހަމަ ހަދައިގެން އުޅެންޏާ، ބޭނުން މީހަކު ބޭނުންގޮތަކަށް އުޅެން ފަސޭހަވާނެތާ އެއީ އަދި ވެރިކަންކުރެވެނީކީ ނޫން.
    އަނެއްކާވެސް މި ގޮވަނީ މަށާ ކޯލިސަންހަދާށޭ ދެވަނަފަހަރު ވެސް ވެރިކަން ބޭނުމޭ ޗީޗީ.