ޚަބަރު ސިޔާސީ

ފައިސަލްއަކީ ރައީސްކަމަށް ކަނޑައަޅަން ހުށަހެޅި މައްސަލަ ބަލައި ނުގަތް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ސާޖަރީއެއް ހެއްދެވި ވަގުތު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަސްޢޫލިއްޔަތާއި ހަވާލުވެ ހުވާ ކުރެއްވި ހިސާބުންފެށިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ ފައިސަލް ނަސީމް ކަމަށް ބުނެ އިދިކޮޅު ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށަހެޅި ދޫސްތޫރީ މައްސަލަ ބަލައި ނުގަންނަން އެކޯޓުން ނިންމައިފިއެވެ.

Ads by MWSC

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިދިކޮޅު ވަކީލުންގެ ޓީމުގައި ހިމެނޭ އަހުމަދު ސިއްދީގު ވިދާޅުވީ، މައްސަލަ ބަލައިނުގަތުމަށް ނިންމާ ކޯޓުން ދިން ލިޔުމުގައި ބުނެފައި އޮތީ މައްސަލަ ބަލައިނުގަތީ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާން ކުރާ ފަދަ ދުސްތޫރީ މައްސަލައަކަށް ނުވާތީ ކަމަށެވެ.

ރައީސްކަމުގެ މަޤާމުން ރައީސް ޞާލިޙު ވަނީ ވަކިވެފައި ކަމަށް ބުނެ ޕީޕީއެމުން ސްޕްރީމް ކޯޓަށް މައްސަލަ ހުށައެޅީ މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.

މިމައްސަލައިގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ކުރެއްވި ދުވަހުން ފެށިގެން އެމަނިކުފާނަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރުވަނީ ވިދާޅުވެފައެވެ. އަދި މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަން ޖެހޭނީ ވެސް ފައިސަލް ނަސީމް ކަމަށާއި ރައީސުލް ޖުމްހޫރިއްޔާއަކީ ފައިސަލް ނަސީމް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރާ މައްސަލައަށް ޤާނޫނީ ފަރުވާއެއް ބޭނުންވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން އިދިކޮޅުން ވަނީ ވެސް މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ. އެ ފަހަރު މައްސަލަ ބަލައެއް ނުގަތެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!