ޚަބަރު ސިޔާސީ

ސިނަމާލެ ބްރިޖު އެޅީ ރައީސް ޔާމީނެއް ނޫން: ދޮންބިލެތް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ސިނަމާލެ ބްރިޖަކީ، އިދިކޮޅު ލީޑަރު، އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އެޅުއްވި ބްރިޖެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަޙުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އޭނާ މިފަދައިން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ދޮންބިލަތް ވިދާޅުވީ މި ރާއްޖޭގައި ތަރައްޤީގެ މަސައްކަތްތައް ކޮށްދިނީ 2018 ގެ ފަހުން އުފެދުނު އެމްޑީޕީގެ ސަރުކާރަކުން އެކަނި ނޫން ކަމަށެވެ. އަދި ވިދާޅުވީ އެއީ ސިނަމާލެ ބްރިޖް އެޅުނީ އެމްޑީޕީގެ ސިޔާސަތުތަކުގެ ސަބަބުން ރާއްޖެއަށް ގެނެވުނު ހެޔޮ ބަދަލުން ކަމަށެވެ.

"ކަންކަން ކޮށްދީފައި އެބަ އޮތް 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުންވެސް، މިއޮއް ބްރިޖް، ޕީޕީއެމް ބޭފުޅުން ވިދާޅުވެދާނެ އެއީ ރައީސް ޔާމީން އެޅުއްވި ބްރިޖެކޭ ނޫން، އެއީވެސް އެމްޑީޕީ މިތަނަށް އައިސް ސިޔާސީ އިސްލާހާއެކީ އުފެދުނު ޕާޓީގެ ނިޒާމުން މި ރާއްޖެއަށް ގެނެވުނު ބަދަލުގެ ތެރެއިން އެޅުނު ބްރިޖެއް" ދޮންބިލަތް ވިދާޅުވިއެވެ.

ދޮންބިލެތް އިތުރަށް ވިދާޅުވީ ސިނަމާލެ ބްރިޖަކީ ރައީސް ޔާމީންގެ މޮޅުކަމުން އެޅުނު ބްރިޖެއް ނޫން ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި، 2014 ވަނަ އަހަރުގައި ސިނަމާލެ ބްރިޖުގެ ޢަމަލީ މަސައްކަތް ފަށައި، އެ މަނިކުފާނުގެ ވެރިކަމުގައި 2018 ވަނަ އަހަރުގައި ހުޅުވައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!