ޚަބަރު ސިޔާސީ

ރިޒާގެ ހަނދާނުގައި ތައުބީނުގެ ޖަލްސާއެއް ބާއްވަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އިބްރާހިމް ރިޒާގެ ހަނދާނުގައި ތައުބީނުގެ ޖަލްސާއެއް ބޭއްވުމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ނިންމައިފިއެވެ.

Ads by STELCO

އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރިޒާގެ ހަނދާނުގައި ބާއްވާ ތައުބީނުގެ ޖަލްސާ އޮންނާނީ މިރޭ ގުރައިދޫގައި ކަމަށާއި މިއީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމުގެ ބާއްވާ ޖަލްސާއެއް ކަމަށެވެ.

ޢަބްދުއްރަހީމް ވިދާޅުވީ، މިއީ ރިޒާގެ ހަނދާން އާކުރުމުގެ ގޮތުންނާއި އަދި އެ ދާއިރާގެ ރައްޔިތުންނަށް ހިތްވަރު ދޭން ކޮށްދެވޭނެ އަގުހުރި މަސައްކަތެއް ކަމަށެވެ.

ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނިކޮށް ރިޒާ އަވަހާރަވީ މިދިޔަ މަހުގެ 23 ގައެވެ.

ރިޒާ އަވަހާރަވުމާ ގުޅިގެން ބާއްވާ އެ ދާއިރާގެ އިންތިޚާބު އޮންނާނީ އަންނަ މަހުގެ 15 ގައެވެ.

އެ އިންތިހާބުގައި ޕީޕީއެމް އާއި އެމްޑީޕީ އަދި އެމްއެންޕީގެ އިތުރުން އެމްޓީޑީން ވަނީ ވާދަކުރަން ނިންމާފައެވެ.

ޕީޕީއެމްގެ ފަރާތުން އެ ދާއިރާ އަށް ވާދަކުރައްވާނީ ރިޒާގެ ކޮއްކޮ ހުސެއިން ރިޒާއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!