Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ހުޅުމާލޭގައި ރޯދައަށް ވަމުން އަންނަ ތައްޔާރީތައް ނައިބު ރައީީސް ބައްލަވައިލައްވައިފި

ހުޅުމާލޭގައި ރޯދައަށް ވަމުން އަންނަ ތައްޔާރީތައް ނައިބު ރައީީސް ބައްލަވައިލައްވައިފި

ކުރިއަށް އޮތް ރަމަޟާން މަހަށް، ހުޅުމާލޭގައި ވަމުން އަންނަ ތައްޔާރީތައް ނައިބު ރައީީސް ފައިސަލް ބައްލަވައިލައްވައިފިއެވެ.

މިގޮތުން ނައިބު ފައިސަލް ނަޞީމް، ހުޅުމާލެއަށް ޒިޔާރަތްކުރައްވައި، ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުންނާއި، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރު ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތަކާއި ތައްޔާރީތައް ވަނީ ބައްލަވާލައްވައިފައެވެ.

ރައީީސް އޮފީހުން ވިދާޅުވީ މި ޒިޔާރަތް ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހުޅުމާލޭގެ މިސްކިތަށާއި، ގަރާޖަށާއި، ވޮލީ ކޯޓަށާއި، ޕާކަށާއި، އެމް.ޑަބަލިއު.އެސް.ސީ ފްލެޓަށާއި، ޕެޓްރޯލް ޝެޑަށާއި، ހުޅުމާލޭގައި ހުރި ބައެއް ފިހާރަތަކުގެ އިތުރުން މީހުން އާންމުކޮށް ގޮސް އުޅޭ ސަރަޙައްދުތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުން ރަމަޟާން މަހަށް ވެފައިވާ ތައްޔާރީތައް ބައްލަވާލައްވައި އިތުރަށް ބޭނުންވާ ކަންކަން އޮޅުން ފިލުއްވި ކަމަށެވެ.

Advertisement
Ooredoo — Square (box)

އަދި މި ޒިޔާރަތް ކުރެއްވުމުގައި ހުޅުމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންގެ ފަރާތުން ވަނީ ހުޅުމާލޭގައި ދިމާވާ ބައެއް ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް