Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ސަރުކާރު

ތަރައްގީގެ މަޝްރޫތަކަށް ހުރަސްއެޅެމުންދާތީ ތިލަފުއްޓާއި ގުޅިފަޅުގެ ފަޅުތެރޭގައި ހުރި އުޅަނދުތައް ނެގުމަށް އަންގައިފި

ތަރައްގީގެ މަޝްރޫތަކަށް ހުރަސްއެޅެމުންދާތީ ތިލަފުއްޓާއި ގުޅިފަޅުގެ ފަޅުތެރޭގައި ހުރި އުޅަނދުތައް ނެގުމަށް އަންގައިފި

ތަރައްގީގެ މަޝްރޫއަށް ހުރަސްއެޅެމުންދާތީ ތިލަފުއްޓާއި ގުޅިފަޅުގެ ފަޅުތެރޭގައި ހުރި އުޅަނދުތައް ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.

އެޗްޑީސީ އިން ކޮށްފައިވާ އިއުލާނެއްގައި ބުނީ އެކޯޕަރޭޝަންގެ ހުއްދަނެތި ތިލަފުއްޓާއި ގުޅިފަޅުގެ ފަޅުގައި އަޅާފައިވާ ކަނޑު އުޅަނދުފަހަރާއި އެ ނޫންވެސް ތަކެތި އެސަރަހައްދުގައި ހުރުމުގެ ސަބަބުން އެ ސަރަހައްދުގައި ހިންގުމަށް ރާވާފައިވާ މަޝްރޫއުތަކަށް ހުރަސްއެޅެމުންދާ ކަމަށާއި އެ ކޯޕަރޭޝަންގެ ފަރާތުން އެކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެޗްޑީސީން އިއްޔެވަނީ ގުޅިފަޅު އަދި ތިލަފުށި ފަޅު ތެރެއަށް ދޫކޮށްލާފައިވާ އުޅަނދުތަކާއި ތަކެތި ނަގާނެ އުސޫލެއް އެކުލަވާލައި އަމަލުކުރަން ފަށައިފައެވެ. އެ އުސޫލުގައި ބުނެފައި ވަނީ ތިލަފުއްޓާއި ގުޅިފަޅު ފަޅު ތެރޭގައި އަޅާފައި ހުރި އުޅަނދުތަކާއި އަޑިއަށް ގޮސްފައިވާ އުޅަނދުތަކުގެ ސަބަބުން އެ ސަރަހައްދުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

އެކުންފުނިން ކޮށްފައިވާ އިއުލާނުގައި އިތުރަށް ބުނީ މިފަދަ އުސޫލެއް އެކުލަވާލާފައި ވަނީ ގުޅިފަޅު އަދި ތިލަފުށި ފަޅު ތެރެއަށް ދޫކޮށްލާފައިވާ އުޅަނދުތަކާއި ތަކެތި ނެގުމަށް އެކޯޕަރޭޝަނުން ތަކުރާރުކޮށް އާންމުކޮށް އިއުލާން ކުރުމުން ވެސް ބައެއް ފަރާތްތަކުން އެގޮތަށް އަމަލުކޮށްފައި ނުވާތީ ކަމަށެވެ.

މީގެއިތުރުން އެއްވެސް ފަރާތެއްގެ އުޅަނދެއް ނުވަތަ މުދަލެއް އެ ސަރަހައްދުގައިވާ ނަމަ، އެޗްޑީސީގެ ކޯލް ސެންޓާގެ ހޮޓްލައިން ނަމްބަރު 1516 އަށް ގުޅައި މައުލޫމަތު ސާފުކުރުމަށްފަހު އެ އުޅަނދެއް ނެގުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް