ޚަބަރު ސިޔާސީ

ގުރައިދޫ ދާއިރާއަށް އެމްޓީޑީންވެސް ވާދަ ކުރަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ކުރީގެ ނައިބު ރައީސް އަަޙްމަދު އަދީބު އިސްވެ ހުންނަވައި އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ) އިން ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި އަށް ކުރިމަތިލާނެކަން އިޢުލާނުކޮށްފިއެވެ.

Ads by STELCO

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަނީ އެ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވި އިބްރާހީމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ.

ޕީޕީއެމަށް ނިސްބަތްވެވަޑައިގެންނެވި ރިޒާ ގުރައިދޫ މެމްބަރުކަން 14 އަހަރު ވަންދެން އަދާކުރައްވައިފައެވެ.

ރިޒާ އަވަހާރަވެފައި ވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގައެވެ.

އެމްއެންޕީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް  ޕްރައިމަރީއެއް ބާއްވަން ހުޅުވާލައި ކުރިމަތިލާން ދިން ސުންގަޑިއަކީ މި މަހުގެ 11 ވަނަ ދުވަހެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި އިދިކޮޅު މައި ޕާޓީ، ޕީޕީއެމް އާއި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ އަދި އެމްއެންޕީންވެސް ވާދަކުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!