ޚަބަރު ސިޔާސީ

ރާއްޖޭގަ ބަލަން އޮތީ ހަމައެކަނި ގޮނޑުދޮށްތައް، 5 ދުވަހަށްފަހު ފޫހިވާނެ: ލަންކާ މިނިސްޓަރު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ސްރީލަންކާގެ ޓޫރިޒަމް މިނިސްޓަރު

ދިވެހިރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިން ހަމައެކަނި ބަލަން އޮތީ ގޮނޑުދޮށްތައް އެކަނި ކަމަށާއި ފަސް ދުވަހު ހޭދަކުރުމަށްފަހު ރާއްޖެ މަތިން ފޫހިވާކަމަށް ސްރީލަންކާގެ ޓޫރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯ ވިދާޅުވެއްޖެ އެވެ.

Ads by MWSC

ޖަރުމަނުވިލާތުގެ ބާލިންގައި މިހާރު ކުރިއަށްދާ އައިޓީބީ ފެއާގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި ސްރީލަންކާގެ ޓޫރިޒަމާއި ގުޅޭގޮތުން ވަނީ ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ސްރީލަންކާގައި ފަތުރުވެރިން ޒިޔާރާތްކުރަން ރަނގަޅު ތަންތަނާއި ރީތި މަންޒިލްތަކުގެ ވާހަކަ މިނިސްޓަރު ވަނީ ވިދާޅުވެދެއްވައިފަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާގައި ކޮންމެ އަހަރަކުވެސް އެންމެ މަގުބޫލު މަންޒިލަކީ ރާއްޖެ އެވެ. މިސަބަބަށްޓަކައި ފެނާންޑޯ ވަނީ ރާއްޖެއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އެގޮތުން ވިދާޅުވީ ރާއްޖޭގައި ހަމައެކަނި އޮންނަނީ ރީތި ގޮނޑުދޮށްތަކެއް ކަމަށާއި ފަސް ދުވަސް ފަހުން ރާއްޖެ މަތިން ފަތުރުވެރިން ފޫހިވާ ކަމަށެވެ. އެހެންނަމަވެސް ލަންކާގައި ޒިޔާރާތް ކުރަން ގިނަ ތަންތަން ފަތުރުވެރިންނަށް ހާއްސަކުރެވިފައި ހުންނަކަމަށް ފެނާންޑޯ ވިދާޅުވި އެވެ. ރާއްޖޭގެ އިތުރުން ތައިލޭންޑު ފަދަ މަންޒިލްތަކަށްވެސް މިނިސްޓަރު ފާޑުވިދާޅުވި އެވެ.

މިނިސްޓަރު ފެނާންޑޯގެ މި ވާހަކަތަކާއި ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެގޮތުން ސްރީލަންކާގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް އަވައްޓެރި ގައުމުތައް ދަށްކޮށްލުން ބަލައިނުގަނެވޭ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.

އަދި ލަންކާގެ އިގްތިޞާދީ ބޭފުޅުން ވަނީ ދުނިޔޭގެ ބޮޑެތި އިންވެސްޓްމެންޓު ކުންފުނިތަކުން ސްރީލަންކާ އޮއްވައި ރާއްޖެއަށް އިންވެސްޓުކުރަން ޝައުގުވެރިވަނީ ސަބަބެއް އޮވެގެން ކަމަށާއި އެހެންކަމުން މިނިސްޓަރުގެ ވާހަކަތައް ބަލައި ނުގަނެވޭކަމަށް ވިދާޅުވެފަ އެވެ.

ކޮވިޑް-19 ގެ ސަބަބުން ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިޞާދީ ދަތިތަކުން އަރައިގަތުމަށް އެގައުމުން ދަނީ ފަތުރުވެރިކަން ޕްރޮމޯޓު ކުރަމުންނެވެ. އެހެންނަމަވެސް ލަންކާއަކީ ރާއްޖެއާ އަޅާ ބަލާއިރު ފަތުރުވެރިކަމަށް މަގުބޫލު މަންޒިލެއް ނޫނެވެ.

Ads by PNC
  1. ދޮންއާދަމްބޭ.

    ﷲތަޢާލާ ދުނިޔެ އުފެއްދެވިގޮތާމެދު ފާޑުކިޔާ،މަލާމާތްކުރިމީހަކު މިނޫނީއަދި ދުވަހަކުވެސް ނުފެނޭ؟ދިވެހިރާއްޖެ”ދުނިޔެމަތީގެސުވަރުގެ”އަކީ،ﷲރައްބުލްޢިއްޒަތު،މުޅިދުނިޔެއިންވެސް އެންމެރައްކާތެރިކޮށް ޚަލްޤުކުރަށްވާފައިވާ އެއްބިން.އަލްޙަމްދުލިﷲ ﷲއަކްބަރު.

  2. ގުލްދަމް

    ރަގަޅޭ ފަސް ދުވަސް… މާގިނަކުރާނެ ކަމެއްނެތް ، އޭރުންދޯ ގިނަމީހުންނަށް ފުރުސަތުލިބޭނީ… ފޫހިވާނެ ކޮންމެ ތަނެއްވެސް މާގިނަދުވަހު ތިބެން ވެއްޖިޔާ… އިނގޭ ކަމަކީ އަނެއް އަހަރުވެސް އެއްކަލަ ފަސްދުވަހަށް ރާއްޖެއަށް އަންނާނެކަން

  3. ހާލުފޮޅި

    ކާކު ބުނެގެން އައީ… ގޮސް ލަންކާގަ އޮވެބަލަ ޖަންގުޝަން ފެންތަކާ ކުއްތާތަކާ ގެރި ގުއި ތަކުތެރޭ..

  4. ނާޅި

    ރާއްޖޭގެ ސާފު ވަޔާއި ރީތި ހުދު ދޮންވެލީގެ ގޮޑުދޮށު ތަކާއި ނޫވިލް ތަކާއި ފަރުތަކާއި މަސްތަކާއި ގަސްގަހާގެހި، ނޫވިލާއި ބުލޫ ކަންގަދަ ވިލާއި ވަރަށް ގަދަ ކަންޑު ތަކާއި ފުންކަޑުތަކާއި ކުދި ރާޅުތަކާއި ބޮޑު ރާޅުތަކާއި، ވަޔާއި އޮއިވަރު މީވެސް ﷲ މިރާއްޖޭގައި ލައްވާފައިވާ ޤުދުރަތީ ކަންކަން ބާލާ މީހަކު ފޫހިނުވާނެ ! މޫދުގެ ތަފާތު ވައްތަރު މިހުންނަނީ އެއްފަހަރާއި ބަލާ ލެވޭނެ ! މޫދުގައި ތަފާތު މަސްމަހާމެހި އެބަހުރި ކުލަކުލާއި މިޔަރު ފެހުރު ބޮޑު މަޑި ބޮޑު ކަންނެލި މިހެން ގޮސް އެތަކެއް މަސްމަހާމެހި !