ޚަބަރު ސަރުކާރު

ރޯދަމަހު ކައިވެނިކޮށްދޭނެ ގަޑިތައް އާއްމުކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިއަހަރުގެ ރަމަޟާން މަހު ފެމިލީ ކޯޓުން ކައިވެނި ކޮށްދޭނެ ގަޑިތައް އާއްމު ކުރައްވައިފިއެވެ.

ފެމިލީ ކޯޓުން މިއަދު ކުރެއްވި އިޢުލާނެއްގައި ވިދާޅުފައިވަނީ 1444 ވަނަ އަހަރުގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ފެމިލީ ކޯޓުން ރަސްމީ ދުވަސްދުވަހު ކައިވެނިކޮށް ދޭނީ ހެނދުނު 09:30 އިން 12:30 އަށް ކަމަށާއި ރޭގަނޑު 21:30 އިން 23:00 އަށް ކަމަށެވެ.

މި އަހަރުގެ ރަމަޟާން މަހަށް ހަނދު ބެލުން މި މަހުގެ 21 ވަނަ ދުވަހު އޮންނާނެ ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ވަނީ ވިދާޅުވެފައެވެ.

ޑީޖޭއޭއިން ވިދާޅުވީ ރޯދަ މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން މިމަހުގެ 21 ވަނަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭ އާއި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި ރަށު ކައުންސިލު އިދާރާތަކާއި އަތޮޅު ކައުންސިލު އިދާރާތައް ހުޅުވާފައި ހުންނަ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

ފަލަކީ ޢިލްމުވެރިން ވިދާޅުވާ ގޮތުން، މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާޗު މަހުގެ 23 ވަނަ ދުވަހުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!