Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން: ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން މާދަމާ!

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން: ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން މާދަމާ!

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން މާދަމާ އޮންނާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން އޮންނާނީ  އިލެކްޝަންސް ކޮމިޝަނުގެ ތިންވަނަ ފަންގިފިލާގައި ހުންނަ އެކޮމިޝަނުގެ ކޮންފަރެންސް ރޫމްގައި މާދަމާ މެންދުރު ފަހު 14:00 ގައި ކަމަށެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތު ހަމަވިއިރު އެގޮނޑި އަށް ކުރިމަތި ލާފައިވަނީ 3 ބޭފުޅެކެވެ. އެއީ އެމްޑީޕީގެ ފަރާތުން އިބްރާހީމް ޝާޒުއާއި ޕީޕީއެމްގެ ފަރާތުން އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރިޟާ ގެ ކޮއްކޮ ހުސައިން ރިޟާ އާއި އެމްއެންޕީގެ ފަރާތުން އަލީ އާރިފެވެ. މިތިން ބޭފުޅުން ވެސް ނިސްބަތްވަނީ ގުރައިދޫއަށެވެ.

Advertisement
Allied — Dhen Online (box)

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން 2023 އޭޕްރިލް 15 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައިވާއިރު އެދާއިރާގެ ގޮނޑި ހުސްވެފައިވަނީ އެދާއިރާގެ މެންބަރުކަން ކުރެއްވި އިބްރާހިމް ރިޟާ ނިޔާވުމާ ގުޅިގެންނެވެ. އޭނާ ނިޔާވީ މެލޭޝިއާގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. ރިޟާ އަކީ އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ މެމްބަރެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް