Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރޯދަ އިނާޔަތް ބޮޑު ކުރަން ގޮވައިލައި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ރޯދަ އިނާޔަތް ބޮޑު ކުރަން ގޮވައިލައި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
ރަމަަޟާން މަހުގައި ދިނުމަށް ޤާނޫނު ލާޒިމު ކުރާ އިނާޔަތް ބޮޑުކުރުމަށް ގޮވައިލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ. ރައްޔިތުންގެ މަޖިލީހގެ މިއަދުގެ ޖަލްސާއަށް، މި މައްސަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމްއެވެ.
އޭނާ ހުށަހެޅުއްވި މައްސަލައިގައި ވަނީ ރަމަޟާންމަހަކީ މުސްލިމް އުއްމަތަށް އަންނަ އެންމެ ބަރަކާތްތެރި މައްސަރު ކަމަށްވެފައި، ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމެއް ކަމަށާއި ރަމަޟާން މަހަކީ އެ މަހެއްގައި ކޮންމެ ދިވެހި ރައްޔިތަކުވެސް ރޯދައިގެ މަތިވެރި އަޅުކަން އަދާ ކުރާ މައްސަރު ކަމުގައި ވީއިރު، ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ ރައްޔިތުން އަތްނުފޯރާފަށަށް ކާބޯތަކެތީގެ އަގުތައް އުފުލިފައިވާ ކަމަށެވެ.
އަދި އެތައް ދިވެހި ރައްޔިތުންނެއް ވަރަށް ނިކަމެތި ހާލުގައި އުޅެމުންދާތީ ރަމަޟާން މަހުގެ އިނާޔަތް 3000 ރުފިޔާ އަށްވުރެ ބޮޑުކޮށްދިނުމަށާއި، ރަމަޟާން މަހުގެ އިނާޔަތް ދިނުމަށް މިހާރު އެކުލަވާލާފައިވާ ގާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ގާނޫނު) އަލުން މުރާޖަޢާކޮށް، ހުރިހާ ފަންނުތަކުގެ މަސައްކަތްތެރިންނާއި މަސްވެރިންނާއި ދަނޑުވެރިންފަދަ ސިނާއަތްތަކުގެ މަސައްކަތްތެރިންނަށްވެސް ރޯދައިގެ އިނާޔަތް ލިބޭނެ ހަމަހަމަ އުސޫލެއް ޤާއިމު ކުރަން ގޮވައިލައިފައެވެ.
މިމައްސަލަވަނީ މަޖިލީހުގައި ބަހުސްކުރަން ބަލައިނުގަނެ ބޭރުކޮށްލައިގައެވެ. ރޯދައިގެ އިނާޔަތުގެ ގޮތުގައި ދެނީ ކޮންމެ 3000 ރުފިޔާ އެވެ. އަދި މިއަހަރުގެ ރޯދައިގެ އިނާޔަތް މިމަހުގެ 19 ވަނަ ދުވަހު ދިނުމަށް ފިނޭންސް މިނިސްޓްރީންވަނީ މުއައްސަސާތަކަށް އަންގާފަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް