ޚަބަރު

ރޯދަ މަހު އައިޖީއެމްއެޗުގެ ބައެއް ޚިދުމަތްތައް ދޭ ގަޑިތަކަށް ބަދަލެއް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރަމަޟާން މަސް ފެށެން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު، ސަރުކާރުން ހިންގާ މައި ހޮސްޕިޓަލު، އައިޖީއެމްއެޗުން ބައެއް ޚިދުމަތްތައް ދޭނެ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

Ads by MWSC

ރޯދަ މަހާއި ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހު ހޮސްޕިޓަލުގެ ބައެއް ޑިމާޕްމަންޓްތަކުން ޚިދުމަތް ފޯރުކޮށްދޭ ގަޑިތަކަށް ބަދަލުގެނެސްފައިވާއިރު، ސްޕެޝަލިސްޓް އޯޕީޑީ ކޮންސަލްޓޭޝަންގެ ޚިދުމަތް ރަމަޟާންމަހު ލިބޭނީ ހެނދުނު 9 އިން ހަވީރު 4 ޖެހުމާއި ހަމައަށެވެ.

ލެބޯޓްރީގައި ޓެސްޓުތައް ހެދުން ކުރިއަށްދާނީ ހެނދުނު 8 އިން ހަވީރު 5 ޖެހުމާއި ހަމައަށް ކުރިއަށް ގެންދަން ނިންމައިފައިވާއިރު، އަދި ކައިގެން ދެގަޑިއިރުފަހުން ހަދާ ލޭގެ ޓެސްޓުތައް ހެދުން ރަމަޟާންމަހު ކުރިއަށްދާނީ ރޭގަނޑު 8 އިން 10 ދެމެދު ކަމަށް އައި.ޖީ.އެމް.އެޗްއިން ވިދާޅުވެއެވެ.

އައިޖީއެމްއެޗްގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓުގެ ޚިދުމަތް ދޭ ގަޑިތަކަށްވެށް ބަދަލު ގެނެސްފައިވާއިރު،  އަލްޓްރާސައުންޑް ސްކޭން ހެދުމާއި ސީޓީ ސްކޭން ހެދުން ކުރިއަށްދާނީ ހެނދުނު ނުވަޔަކުން މެންދުރުފަހު ތިނެއް ޖެހުމާ ހަމައަށެވެ. އެކްސްރޭ ނަގައިދިނުން ކުރިއަށްދާނީ ހެނދުނު އަށަކުން މެންދުރުފަހު ތިން ގަޑި ބަޔަށެވެ.

އެމް.އާރް.އައި ހެދުމުގެ ޚިދުމަތް ފޯރުކޮށްދޭނީ ހެނދުނު އަށަކުން ރޭގަނޑު ނުވައަކަށެވެ.

އައިޖީއެމްއެޗްގެ އިތުރުން ސަރުކާރުގެ ވުޒާރާތަކާއި، އެހެނިހެން މުއައްސަސާތަކުގައިވެސް، ރޯދަ މަހު މަސައްކަތުގެ ގަޑިއަށް ބަދަލު ގެނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!