ޚަބަރު ސިޔާސީ

ރައީީސް ޔާމީން ގެއަށް ބަދަލު ކުރަން މަސައްކަތް ފަށައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިދިކޮޅު ލީޑަރު، ރައީީސް ޔާމީން އަބްދުލްޤައްޔޫމަށް ގެއަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފައިވާކަން އިދިކޮޅު ކޯލިޝަނުން ހާމަ ކޮށްފިއެވެ.

Ads by MWSC

ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާޢު ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެ ޕާޓީގެ ވަކީލުން ކުރަމުން އަންނަ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ރޯދަ މަހު ރައީސް ޔާމީން ގެއަށް ބަދަލުކޮށް އާއިލާއާއި އެކުގައި ހުރެވޭނެ ގޮތެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ޕާޓީގެ އެންމެހައި ގުނަވަންތަކުންވެސް ބަލަނީ އެކަން ކުރެވޭތޯ ކަމަށެވެ.

"ޕާޓީގެ ހުރިހައި ރަސްމީ ގުނަންތަކުން ވެސް މަސައްކަތް ކުރަނީ ޔާމީން އެނބުރި ގެއަށް ވަޑައިގެން، އާއިލާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލުން، ޚާއްސަކޮށް މި އަންނަ ރޯދަ މަހަށް،" ޝުޖާޢުވިދާޅުވިއެވެ.

ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރީ، މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ރައީސް ޔާމީނަށް ކޮށްފައިވާ ޖަލު ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ މަހުއެވެ.

ނަމަވެސް އެމައްސަލަ ބަލައިގަތުން ލަސްވުމުގެ ސަބަބުން އިދިކޮޅު ކޯލިޝަނުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

  1. ޢަޒްރާ އަލީ

    އިންޝާﷲ ވާނެ