ރަނިން މޭޓަކަށް ފާރިޝްއަކީ ޤާބިލް ބޭފުޅެއް: ޤާސިމް
މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިސް މައުމޫނަކީ ރަނިންމޭޓަކަށް ގާބިލު ބޭފުޅެއް ކަމަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމްއާރްއެމްގެ ލީޑަރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ފާރިސް އާއެކު ބޭއްވެވި ބައްދަލުވުމަށްފަހު ނިކުމެވަޑައިގެން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޤާސިމް ވިދާޅުވީ ފާރިސް ރަނިންމޭޓަކަށް އައްޔަނު ކުރުމަކީ ވެދާނެ ކަމެއްކަމަށެވެ.
ޤާސިމް ވިދާޅުވީ ފާރިސްއަކީ ގާބިލު، ތައުލީމީ ބޭފުޅެއް ކަމަށާއި އެއީ ހަމަ "ޕޮސިބަލް" ކަމެއް ކަމަށެވެ.
މިއަދު ކުރިއަސްދިޔަ ބައްދަލުވުމާ ގުޅޭގޮތުން "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ފާރިސް ވިދާޅުވީ އެ ބައްދަލުވުމަކީ ޖޭޕީގެ ލީޑަރު ޤާސިމްގެ އެދުމުގެ މަތިން ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އަދި ދެ ޕާޓީން ރިޔާސީ އިންތިހާބާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ޓީމްތަކެއް ނެގިގެން ތަފްސީލީ ގޮތެއްގައި އިތުރަށް މަޝްވަރާތައް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
އެމްއާރްއެމްއިން އިއްޔެ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާވެސް މަޝްވަރާ ކުރައްވާފައެވެެ. އެ ބައްދަލުވުމުގައި ވެސް ނިންމާފައިވަނީ ދެ ޕާޓީން ޓީމްތައް ނަގައިގެން އިތުރަށް މަޝްވަރާތައް ކުރިއަށް ގެންދިއުމަށެވެ.
ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމުގެ ދައުވަތު ރައީސް ސޯލިހްގެ ފަރާތުން ކޯލީޝަން ޕާޓީތަކަށް ފޮނުވިއިރު އެކަމަށް ޖަވާބެއް ނުދީ އޮތީ ޖޭޕީ އަދި އެމްއާރްއެމްއިންނެވެ. ރައީސް ސޯލިހާއެކު ކޯލީޝަން އަދި ހަދާފައިވަނީ އަދާލަތު ޕާޓީއާއި އެމްޑީއޭއިންނެވެ.
ޖުމްހޫރީ ޕާޓީން ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައެވެ. އަދި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ޕްރައިމަރީއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. ރިޔާސީ އިންތިހާބަށް ޤާސިމާއެކު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވާކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.
ރަނިންގމޭޓަކީ މަށެއްނޫންތަ މިހާރުވެސް�
އެމްޑީޕީން ބޮޑު ތިލަފަތެެއް ދައްކައިގެން ރައްޔިތުންނަށް ކޮށްދެވުނު ރަގަޅުކަމެއް ނެތް ރައްޔިތުން ހަނާވުން ފިޔަވާ