ޚަބަރު ސިޔާސީ

ރައީސްގެ ސިޔާސަތު ކަމުނުދާ ބަޔަކަށް، އެ ސިޔާސަތެއް ނުހިންގޭނެ: ޝިފާއު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސިޔާސަތު ކަމުނުދާ ބަޔަކަށް، އެ ސިޔާސަތު ނުހިންގޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އޭނާ ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވީ، ރައީސް މުޙައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނުގައި އިސްކޮށް އުޅުއްވާ ހުސެއިން އަމްރު ރަޝާދު، އެސްޓީއޯގެ އެމްޑީގެ މަޤާމުން ވަކި ކުރުމާ ގުޅިގެން، އެކަން ދިފާޢު ކުރައްވަމުންނެވެ.

ޕީސީބީއިން މިއަދު ހަވީރު ބޭއްވި އެ ބޯޑުގެ ބައްދަލުވުމުގައި ވަނީ އަމްރު މަގާމުން ވަކިކުރަން ނިންމައި އެސްޓީއޯގެ ސީއެފްއޯގެ މަގާމުގައި ހުންނެވި މުޙައްމަދު ނިޒާމާ އެ ކުންފުނީގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އެސްޓީއޯގެ އެމްޑީ އައްޔަންކުރަން ރައީސް އޮފީހުން ވަނީ ޕީސީބީއަށް ނަންތަކެއް ފޮނުއްވައިފައެވެ. އަދި އެ ނަންތައް ދިރާސާކުރުމަށްފަހު ވަރަށް އަވަހަށް އެސްޓީއޯގެ އެމްޑީގެ މަގާމަށް ބޭފުޅަކު ހަމަޖައްސާނެއެވެ.

ޝިފާޢު ވިދާޅުވީ އަމްރު ވަކި ކުރަން ނިންމެވީ، ރައީސް ޞާލިޙުގެ ސިޔާސަތުތައް ޤަބޫލު ނުކުރައްވާތީ ކަމަށާއި، އެފަދަ ބޭފުޅަކަށް ރައީީސްގެ ސިޔާސަތު ތަންފީޒު ނުކުރެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، އެކަމުގެ ގެއްލުން ލިބޭނީ ރައްޔިތުންނަށް ކަމަށެވެ.

އަމްރު މަޤާމުން ވަކި ކުރެއްވިއިރު، ރައީސް ނަޝީދު ވަނީ، ރައީސްއާ ދެކޮޅު ވިޔަސް، މަޤާމުން ވަކި ނުކުރެވޭނެ ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ފެކްޝަނުގެ މެމްބަރުން، އަމިއްލަ ޒަމީރު ނުވިއްކަވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!