Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ފަންސާސް ތިން މިލިއަން ރުފިޔާ ދައްކަން ކުރި އަމުރުގެ އިސްތިއުނާފު އަޑުއެހުން މާދަމާ

ފަންސާސް ތިން މިލިއަން ރުފިޔާ ދައްކަން ކުރި އަމުރުގެ އިސްތިއުނާފު އަޑުއެހުން މާދަމާ

ވ. އާރަށުގެ މުޢާމަލާތާއި ގުޅިގެން ރައީސް ޔާމީން އަބްދުލްޤަޔޫމުގެ މައްޗަށް ދަޢުލަތުން އުފުލި ދަޢުވާތައް ސާބިތުވާކަމަށް ކަނޑައަޅައި، 53 މިލިއަން ރުފިޔާ ދަޢުލަތަށް ދައްކަން ކްރިމިނަލް ކޯޓުން ކުރި އަމުުރުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ހައިކޯޓުން ތާވަލްކޮށްފިއެވެ.

ހައިކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތުން ހުށަހަޅުއްވާފައިވާ އިސްތިއުނާފު މައްސަލައެއް މާދަމާ ހައިކޯޓުގައި އޮންްނާނެ ކަމަށެވެ.

އަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 10:30ގައެވެ. ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން މި އަޑުއެހުން ވަގުތުން ދައްކާނެއެވެ.

Advertisement
Ooredoo — Square (box)
އާރަށް މައްސަލައިގައި 53 މިލިއަން ރުފިޔާ 6 މަސްދުވަހުގެ ތެރޭގައި ދައުލަތަށް ދައްކަން ރައީސް ޔާމިންގެ މައްޗަށް އަމުރުކޮށްފައިވަނީ ފެބުރުއަރީ މަހުގެ 26 ގައެވެ. ވ.އާރަށް  ކުއްޔަށް ދިނުމުގެ މުގާބިލުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ އެމަނިކުފާނުގެ ނަމުގައި އެޗްއެސްބީސީ، ބެންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓްއަކަށް ޖަމާކޮށްފައިވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.  

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް