ޔޫއޭއީން ރާއްޖެއަށް 100 އިފްތާރު ޕެކޭޖު ހަދިޔާކޮށްފި
ޔޫއޭއީއިން ރާއްޖެއަށް 100 އިފްތާރު ޕެކޭޖް ހަދިޔާކުރައްވައިފިއެވެ.
އެ ޤައުމުގެ ސަރުކާރުން ހަދިޔާކުރި 100 އިފްތާރު ޕެކޭޖް ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލުމާތުދެއްވައެވެ.
ޕެކޭޖްތައް ބެހުމުގެ މަސައްކަތް ކުރިއަށްދާނެ ގޮތެއް ވެސް އިސްލާމިކް މިނިސްޓްރީން ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ.
ޔޫއޭއީން އިފްތާރު ޕެކޭޖުތަކެއް ހަދިޔާ ކުރިއިރު، މިނިސްޓްރީން އަންނަނީ ރޯދަ އަށް ސައުދީ އަރަބިއްޔާ އިން ހަދިޔާކުރި ކަދުރު ބެހުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. ސައުދީން ވަނީ ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ.
Ads by Allied Insurance