ޚަބަރު

އެގްރޯގެ އެމްޑީ މަޤާމުން ވަކިކޮށްފި، ރައީސް ނަޝީދުގެ ހިތްވަރު ހާރޫންއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު މަޤާމުން ވަކިކޮށްފިއެވެ.

Ads by Sosun Fihaara

ރިޔާސީ އިންތިޚާބު ގާތްވަމުންދާއިރު، ސަރުކާރުގެ އެކި މަޤާމުތަކުގަިއ ތިބި ރައީސް ނަޝީދަށް ތާއީދުކުރާ ގިނަ ބޭފުޅުން މިހަފްތާ ތެރޭގައި ދަނީ ވަކި ކުރަމުންނެވެ. އެގްރޭނެޓްގެ އެމްޑީ ހާރޫނަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ތާއީދުކޮށް ކެމްޕެއިންގައިވެސް ބައިވެރިވެ ވަޑައިގެންނެވި ބޭފުޅެކެވެ.

ނިމިގެން ދިޔަ ދެ މަޖްލިސް އިންތިހާބުގައިވެސް ގއ. ވިލިނގިލީ ދާއިރާގެ މެމްބަރުކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ހާރޫން, އެގްރޯ ނެޓްގެ އެމްޑީއަކަށް އައްޔަނު ކުރެއްވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހާރޫން ވަކިކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މަޤާމުން ވަކިކޮށް މިއަދު އޭނާއަށް ސިޓީ ފޮނުވާފައިވާކަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ހާރޫން މިއަދު ވަކިކޮށްފައިވާއިރު، އެސްޓީއޯގެ އެމްޑީގެ މަޤާމުގައި ހުންނެވި ރައީސް ނަޝީދަށް ތާއީދު ކުރައްވާ އަމްރުއާއި، ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝީފާޒުވެސް ވަނީ މަޤާމުން ވަކިކޮށްފައެވެ. އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ބޭފުޅުން މަޤާމުތަކުން ވަކި ކުރަމުންދާއިރު، ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ތިބި ބޭފުޅުންގެ ތެރެއިން ރައީސް ޞާލިހަށް ތާއީދު ނުކުރާ ބޭފުޅުންވެސް މަޤާމުންތަކުން ވަކި ކުރާނެކަމަށް ބެލެވެއެވެ.

  1. ޢެގރޯ

    ދެންވަކި ކުރާނެތާ ސަރުކާ ރާ ދެކޮޅުވީމާ. މައްސަލައެއްނޫން.. ކުރިއަކައްނުދޭ. ފައްޔާޒް ފޮނުވި ސޮރު ނުލާތި. ޟިހަަރުވެސް ހަލާކުކޮއްފި

  2. މޮހޯ

    ހާސްނޫވޭ ﷲއިރާދަކުރެއްވިޔާ ފިކުރެއްގެ ދިރުމާއި އެކު ސަރުކާރެއް އެކުލެވިގެން ދާނީ މިހާރަށްވުރެ ގަދަކޮށް