Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

ފެންބޮޑުވީ ސްޓޯމް ވޯޓަރ ސިސްޓަމް ބަލަހައްޓާ ފަރާތުން ޕަންޕްތައް ނުޖައްސާ ހުރުމުން: މޭޔަރ މުއިއްޒު

ފެންބޮޑުވީ ސްޓޯމް ވޯޓަރ ސިސްޓަމް ބަލަހައްޓާ ފަރާތުން ޕަންޕްތައް ނުޖައްސާ ހުރުމުން: މޭޔަރ މުއިއްޒު

ބޯކޮށް ވާރޭ ވެހި މާލޭ ސިޓީގެ މަގުތަކުގައި ފެންބޮޑުވީ ސްޓޯމް ވޯޓަރ ސިސްޓަމް ބަލަހައްޓާ ފަރާތުން ޕަންޕުތައް ނުޖައްސާ ހުރުމުން ކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު ވިދާޅުވީ މާލެ ސިޓީގެ މަގުތައް ހަދަން ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ މަޝްރޫއު ވެސް އަނބުރާ ގެންދިޔުމުގެ ސަބަބުން މަގުތައް ވަނީ ނުހެދިފައިކަމަށެވެ.

"ސްޓޯރމް ވޯޓާރ ސިސްޓަމް ބަލަހައްޓާ ފަރާތުން ޕަމްޕްތައް ތައް ސްވިޓްޗް އޮން ނުކޮށް ގިނަ އިރުތަކެއް ވެގެން ދިޔުމަކީ ދެރަކަމެއް. އަދި ކިރިޔާ ޕަމްޕްތައް ޖެއްސުނީ؟ މާލެ މަގުތައް ހަދަން ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ މަޝްރޫއު ވެސް އަނބުރާ ގެންދިޔުމުގެ ސަބަބުން މަގުތައް ވަނީ ނުހެދިފަ" ޑރ. މުއިއްޒު ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ރޭ ފަތިހުން ފެށިގެން ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކުގައި އާދަޔާ ހިލާފަށް ވަނީ ފެންބޮޑުވެފައެވެ. މިގޮތުން މާލޭގެ ބައެއް މަގުތަކުގައި ވަނީ ދެ ފޫޓާއި ތިން ފޫޓަށް ފެން ބޮޑުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް