Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ރައީީސް ޔާމީނަށް އިއްވި ޖަލު ޙުކުމްގެ އިސްތިއުނާފު މައްސަލަ ބަލައިގެންފި

ރައީީސް ޔާމީނަށް އިއްވި ޖަލު ޙުކުމްގެ އިސްތިއުނާފު މައްސަލަ ބަލައިގެންފި

އިދިކޮޅު ލީޑަރު، އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން އަބްދުލްޤައްޔޫމް ޖަލަށް ލުމަށް ކުރި ޙުކުމުގެ އިސްތިއުނާފު މައްސަލަ ހައި ކޯޓުން ބަލައިގެންފިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަތަކުގެ ތެރޭގައި ހިމެނޭ، ވ.އާރަށް ކުއްޔަށް ދިނުމުގެ މުޢާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ރައީީސް ޔާމީން 11 އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ޙުކުމްކުރީ މިދިޔަ ޑިސެމްބަރު މަހުއެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން މި މައްސަލަ އިސްތިއުނާފު ކުރަން ހުށަހެޅީ މިދިޔަ ފެބްރުއަރީ މަހުއެވެ. އިސްތިއުނާފްގެ ބައެއް ކަންކަން އިސްލާހުކުރަން އެންގުމަށްފަހު އެ މައްސަލަ ބަލައިގަނެ، ރަޖިސްޓްރީ ކޮށްފައިވާކަން މިއަދު ހައި ކޯޓުން ވަނީ އަންގައިފައެވެ.

Advertisement
Ooredoo — Square (box)
ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި އިސްތިއުނާފު މައްސަލަ ބަލައިގެންފައި މިވަނީ، އެ މައްސަލަ ބަލައިނުގަނެ، ލަސް ވަމުންދާތީ، އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރި ފަހުންނެވެ. އެމަނިކުފާނުގެ މައްޗަށް ކުރެއްވި 11 އަހަރުގެ ޙުކުމާއެކު، ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ވަނީ ބަންދު ވެފައެވެ. ނަމަވެސް ހައި ކޯޓުން ޙުކުމް ބާތިލު ކޮށްފިނަމަ، ރައީސް ޔާމީނަށް އިންިޚާބުގައި ވާދަ ކުރެއްވޭނެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް