Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ސަރުކާރު

ކުރިން ހުށައެޅި ޕްރޮޕޯސަލްތައް ބާތިލްކޮށް މިއަހަރު ހައްޖަށް މީހުން ގެންދަން ބޭނުންވާ ފަރާތްތަކަށް އަލުން ފުރުސަތު ހުޅުވައިލައިފި

ކުރިން ހުށައެޅި ޕްރޮޕޯސަލްތައް ބާތިލްކޮށް މިއަހަރު ހައްޖަށް މީހުން ގެންދަން ބޭނުންވާ ފަރާތްތަކަށް އަލުން ފުރުސަތު ހުޅުވައިލައިފި

މި އަހަރު ޙައްޖަށް މީހުން ގެންދިޔުމަށް ބޭނުންވާ ފަރާތްތަކަށް މީގެކުރިން ހުޅުވާލި ފުރުސަތުގައި ހުށައެޅި ޕްރޮޕޯސަލްތައް ބާތިލުކޮށް މިއަހަރު ހައްޖަށް މީހުން ގެންދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލައިފިއެވެ.

އިސްލާމިކް މިނިސްޓްރީއިން މިއަދު ކުރެއްވި އިއުލާނެއްގައި ވިދާޅުވީ، ކުރިން ކުރި އިއުލާނާއެކު ހުށައެޅި ޕްރޮޕޯސަލްތަކުގައި ހައްޖުގެ އަޅުކަމުގެ އަގަށް އެކަށީގެން ނުވާ އަގުތަކެއް ހުށައަޅާފައިވުމާއި ދިވެހި ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމާއި ބެހޭ އުސޫލާއި މައުލޫމާތު ކަރުދާހުގައި ހައްޖު ޕްރޮޕޯސަލް ފޮތް ހުށައަޅާއިރު ފުރިހަމަކުރަން ޖެހޭނެކަމަށް ބުނެފައިވާ އަސާސީ ކަންކަން ފުރިހަމަކޮށްފައިނުވުމުގެ ސަބަބުން ވާދަވެރި ބިޑަކަށް ދިޔުމުގެ ފުރުސަތު ނެތުމުގެ ސަބަބުން އެންމެ ރަނގަޅު ގޮތަކީ އެބިޑުތައް ބާތިލުކޮށް އަލުން ފްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ދިނުންކަމުގައި މިނިސްޓްރީއިން ދެކޭ ކަމަށެވެ.

މިނިސްޓްރީގެ އިއުލާނުގައި އިތުރަށް ވިދާޅުވީ، ބިޑު ހުށައެޅޭނީ 75000 ރުފިޔާއާއި 95000 ރުފިޔާއާއި ދެމެދުގެ އަގަކަށް ކަމަށާއި ބިޑު ހުށައެޅުމުގެ ފަހު ތާރީޚަކީ މިމަހުގެ 13 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ކަމަށެވެ.

Advertisement
HDC — Sidebar (box)

ހައްޖަށް މީހުން ގެންދިޔުމަށް މީގެ ކުރިން ހުޅުވާލި ފުރުސަތުގައި 11 ކުންފުންޏަކުން ކުރިމަތިލާފައިވާކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.

ޙައްޖަށް މީހުން ގެންދިޔުމުގެ ހުއްދަދެވޭނީ އެންމެ މަތިން ޕޮއިންޓް ލިބޭ 3 ކުންފުންޏަކަށް ކަމަށާއި ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ކޯޓާ ދޫކުރެވޭނީ ޙައްޖު ކޯޕަރޭޝަންގެ އިތުރުން 3 ކުންފުންޏަކަށް ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވި ގޮތުގައި ހުއްދަދެވޭ 3 ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް 90 ކޯޓާ ދޫކުރެވޭނެއެވެ.

ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް މިއަހަރު ލިބިފައިވަނީ 1000 ކޯޓާއެވެ. އެހެންނަމަވެސް އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް އެމިނިސްޓްރީން ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މިއީ ކޮވިޑް-19 ގެ ހާލަތަށް ފަހު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް 1000 ކޯޓާ ލިބުނު ފުރަތަމަ ފަހަރެވެ.

ކޮވިޑުގެ ކުރިން ޙައްޖުގެ އަޅުކަމަށް ފުރުސަތު ދިން އަދަދަށްް މިއަހަރުގެ ޙައްޖުގައި ފުރުސަތުދޭނެ ކަން ސައުދީ ސަރުކާރުން މި އަހަރު ވަނީ ހާމަކޮށްފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް