Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
އިޖުތިމާޢީ

އެމްއޭސީއެލްއާއި އެސްޓީއޯގެ ތެޔޮވިއްކުމާ ބެހޭ އެއްބަސްވުން އައު ކޮށްފި

އެމްއޭސީއެލްއާއި އެސްޓީއޯގެ ތެޔޮވިއްކުމާ ބެހޭ އެއްބަސްވުން އައު ކޮށްފި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް އަށް ތެޔޮ ފޯރުކޮށްދިނުމަށް އެސްޓީއޯއާއެކު ވެފައިވާ އެއްބަސްވުން މިއަދު އައު ކޮށްފިއެވެ.

އެސްޓީއޯގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމާ މިދިޔަ އަންގާރަ ދުވަހު ހަވާލުވެވަޑައިގެންނެވި އަބްދުﷲ ސައީދެވެ. އެމްއޭސީއެލުގެ ފަރާުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މަހްޖޫބު ޝުޖާއުއެވެ.

އެއްބަސްވުން އައު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ސައީދު ވިދާޅުވީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި މިދިޔަ އަހަރުން ފެށިގެން ތެލުގެ އަގު އުފުލިފައިވާ ކަމަށެވެ.

Advertisement
Ooredoo — Square (box)

އެހެންވުމުގެ ސަބަބުން އެއްބަސްވުން އައު ކުރީ، ތެލުގެ ބާޒާރުގައި އަގަށް އައިސްފައިވާ ބަދަލުގެ ސަބަބުން، ތެޔޮ ފޯރުކޮށްދޭ ރޭޓުތަކަށް ބަދަލު ގެނައުމަށް ފަހު ކަމަށް ސަޢީދު ވިދާޅުވިއެވެ.

އެގޮތުން ކުރިން އެމްއޭސީއެލަށް ތެޔޮ ފޯރުކޮށްދިން އަގަށްވުރެ މިފަހަރުގެ އަގު ބޮޑުކަން ސަޢީދު ފާހަގަކުރެއްވި ނަމަވެސް އަގަށް ގެނައި ބަދަލެއް ހާމަކުރައްވާފައެއް ނުވެއެވެ. އެސްޓީއޯގެ އެމްޑީ ވިދާޅުވީ އެކުންފުނިން ތެޔޮ ގަތުމުން، އެމްއޭސީއެލްގެ ފިއުލް ސްޓޯރޭޖްގެ ކެޕޭސިޓީއާ އެއްވަރަށް އަބަދުވެސް ތެޔޮ ފޯރުކޮށްދެވޭނެ ކަމަށެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މަހްޖޫބު ޝުޖާއު ވިދާޅުވި ގޮތުގައި، އެއްބަސްވުމަށް ބަދަލުތަކެއް ގެނައި ނަމަވެސް ރަނގަޅު ރޭޓެއްގައި އެސްޓީއޯ އިން ތެޔޮ ފޯރުކޮށްދޭނެ ކަމުގެ އުއްމީދު އެބައޮތެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް