Friday, 30 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޤާސިމާއި ރައީސް ނަޝީދު ބައްދަލު ކުރައްވައިފި

ޤާސިމާއި ރައީސް ނަޝީދު ބައްދަލު ކުރައްވައިފި
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާއި ކުރީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވައިފިއެވެ.
މިދެ ބޭފުޅުން ބައްދަލުކުރައްވާފައިވަނީ ހުކުރު ދުވަހު ސަން އައިލެންޑް ރިސޯޓުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުކުރެއްވުމުގައި ސިޔާސީ މަސްރަހާ ގުޅޭގޮތުން ފުޅާ ދާއިރާގައި ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.
ދެ ބޭފުޅުން ހުދުކުލައިގެ ކޮތަރަކާއެކު ނަންގަވާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާނާއި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްވެސް ތިއްބެވިއެވެ. މި ބައްދަލު ކުރެއްވުމާއި ގުޅޭ ގޮތުން ރަސްމީކޮށް ބަހެއް ދެ ޓީމުން ވެސް ހާމަކޮށްފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް