ސިހުން ގެނުވި މަރަށް ފަހު، މަނަދޫގެ އެކި ހިސާބުތަކުގައި ސީސީޓީވީ ކެމެރާ ހަރު ކުރަނީ

ނ.މަނަދޫގެ އެކި ސަރަޙައްދުތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.
މަނަދޫ ކައުންސިލުން ކުރެއްވި އިއުލާނެއްގައި ވިދާޅުވީ، މަނަދޫގެ އެކި ސަރަޙައްދުތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެ ކަމާ ބެހޭ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ރަޖިސްޓްރީވާން ހުޅުވައިލާ ކަމަށެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ، މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެ، މައުލޫމާތު ސާފުކުރާ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށް އިއުލާނުގައިވެ އެވެ.
ފުލުހުން ވިދާުވީ ނައީމާ ދިރިއުޅޭ ގެއަށް ވަދެ ބެލިއިރު އޭނާ ދިރިއުޅޭ ކޮޓަރިތެރޭ ތަޅުގަނޑުމަތީގައި އަނިޔާތަކަކާއެކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. ނައީމާގެ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރެވޭތީ މަރުގެ ތަހުގީގު ކުރިއަށް ގެންދަނީ "ހޮމިސައިޑް އިންވެސްޓިގޭޝަން"އެއްގެ ގޮތުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.