ރައީސްގެ ނަމުގައި ފޭކް އިންސްޓަގްރާމް އެކައުންޓެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ނަމުގައި ފޭކް އިންސްޓަގްރާމް އެކައުންޓެއް ހިންގަމުން ދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މިއުވާން މުހައްމަދު މިރޭ ވިދާޅުވީ އެއެކައުންޓަކީ ރައީސް އާއި އެއްވެސް ގުޅުމެއް ނުވާ އެކައުންޓެއް ކަމަށެވެ. އަދި ރައީސްގެ އަސްލު އެކައުންޓް ވެސް މިއުވާން ވަނީ ހިއްސާ ކޮށްފައެވެ.
https://twitter.com/MvSpokesperson/status/1645473845095321601?t=pqgNZYEK5X51C6InN0u9bA&s=19
ރައީސުލްޖުމްހޫރިއްޔާގެ ނަމުގައި މީގެ ކުރިންވެސް ފޭކް އެކައުންޓްތަައް ހަދައި ޝޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދައުރު ކޮށްފައިވެއެވެ.
މަޝްހޫރު ފަރާތްތަކުގެ ނަމުގައި ފޭކް އެކައުންޓްތައް ހަދައި ދައުރު ކުރުމަކީ ރާއްޖޭގައި އާއްމު ކަމެކެވެ.





ކޮމެންޓް