ޚަބަރު ސިޔާސީ

ރައީީސް ޔާމީންގެ ދެ މައްސަލައެއްގެ ޙުކުމް މާދަމާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިދިކޮޅު ލީޑަރު ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ދެ މައްސަލައެއްގެ ޙުކުމް އިއްވުން މާދަމާއަށް ތާވަލު ކޮށްފިއެވެ.

Ads by Hajj Corporation

ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ވ.އާރަށް މައްސަލައިގައި އެމަނިކުފާނު މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑަރިންގެ ދަޢުވާގައި ހިމެނޭ 3،413،230 ޑޮލަރު ނުވަތަ 53 މިލިއަން ރުފިޔާ ދަޢުލަތަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރާއި، ރ. ފުއްގިރި މައްސަލާގައި އެ މަނިކުފާނުގެ މައްޗަށް ކުރާ ދަޢުވާއާ ގުޅިގެން ޝަރީޢަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ކްރިމިނަލް ކޯޓުން ނިންމި ނިންމުންތަކެވެ.

މިގޮތުން، 53 މިލިއަން ރުފިޔާގެ މައްސަލައިގައި ޙުކުމްކުރުން މާދަމާ ހެނދުނު 11:30އަށް ތާވަލު ކޮށްފައިވާއިރު، ކްރިމިނަލް ކޯޓުގެ ނިންމުންތަކާ މެދު ހައިކޯޓުން ގޮތެއް ނިންމުން އޮތީ މާދަމާ ހެނދުނު 11:45 ގައެވެ.

ވ. އާރަށު މައްސަލައިގައި ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކުރި ޙުކުމްވެސް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، މި މައްސަލައިގެ އަޑުއެހުންތައް އަދި ނުފަށައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!