Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އުމްރާވެރިން މުޅި މައްކާ ފުރާލައިފި، މިހާތަނަށް 1.3 މިލިއަން މީހުން ޒިޔާރަތްކޮށްފި

އުމްރާވެރިން މުޅި މައްކާ ފުރާލައިފި، މިހާތަނަށް 1.3 މިލިއަން މީހުން ޒިޔާރަތްކޮށްފި

1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ މިހާތަނަށް މައްކާ މަދީނާއަށް ޒިޔާރަތްކުރި އުމްރާވެރިންގެ އަދަދު 1.3 މިލިއަނަށް އަރާފައިވާކަމަށް ސައުދީން ބުނެފިއެވެ.

ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނިގޮތުގައި ހައްޖާއި އުމުރާގެ އަޅުކަމަށް ޒިޔާރާތްކުރާ މީހުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް މިއަހަރު ވާނީ ބޮޑު ބަދަލެއް އައިސްފައެވެ.

މި ފަހަރު އަޅުކަންކުރާ މީހުންގެ ދަތުރުފަތުރާ އެހެނިހެން ޚިދުމަތްތައް ވެސް ކޮލިޓީ ފެންވަރެއްގައި ކުރިއަރާފައިވާ ކަމަށް އެމިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

Advertisement
Allied — Dhen Online (box)

ކޮންމެ އަހަރެއްގެ ރަމަޟާން މަހަކީ ގިނަ އަދަދެއްގެ އުމްރާވެރިން މައްކާއާއި މަދީނާއަށް ޒިޔާރަތްކުރާ ދުވަސްވަރެކެވެ.

މިއަހަރަކީ ކޮވިޑް-19 ގެ ހާލަތަށް ފަހު ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އުވާލާއި ފުރަތަމަ ފަހަރަށް މިހާ ގިނައަދެއްގެ މީހުންނަށް ހައްޖާއި އުމުރާ ވުމުގެ ފުރުސަތު ދޭ ފުރަތަމަ އަހަރުކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ސައުދީ ސަރުކާރުން ލަފާކުރާ ގޮތުގައި މި އަހަރު ހައްޖަށް ދިއުމަށް ދެ މިލިއަނަށް ވުރެ ގިނަ ހައްޖުވެރިން ސައުދީއަށް ޒިޔާރާތްކުރާނެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް